ސުވަރުގެ އެދޭ މީހުންނަށް މިއަށްވުރެ އުފާވެރި ޚަބަރެއް ނެތެއްނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސުވަރުގެ އެދޭ މީހުންނަށް މިއަށްވުރެ އުފާވެރި ޚަބަރެއް ނެތެއްނު؟

"ތިއަބައިމީހުންނަށް އެކަންކަން ނަހީކުރައްވަވާފައިވާ ބޮޑެތި ފާފަތަކުން ތިއަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިއަބައިމީހުންގެ ކުދިކުދި ފާފަތައް ތިއަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންރަސްކަލާނގެ، ތިއަބައިމީހުން ވައްދަވާހުށީމެވެ." (އައްނިސާ: 31) 

މީސްތަކުންނޭވެ! ޒިނޭކުރުމާއި ވައްކަންކުރުމާއި ޚިޔާނާތްތެރިވުމާއި މީހުންގެ މުދާ އަތުލައިގަތުމާއި ރިބާ ކެއުމާ ޖުވާކުޅުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މީހުންނަށް އަނިޔާވެރިވުމާއި މިނޫންވެސް ބޮޑެތި ހުރިހާ ފާފަތަކާއި ދުރުހެލިވާށެވެ! 

އެއިރުން ﷲ ތަޢާލާ ވަހީ ކުރައްވަވާފައި އެވަނީ ކުރެވޭ ކުދި ފާފަތައް ތިމަން ﷲ ފުއްސަވައި ދެއްވަވައި އެމީހަކު ސުވަރުގެ ވައްދަވައި ދެއްވަވާނެ ކަމަށެވެ! އިންސާނުން ކަމުގައި ވީތީ ފާފަތައް ކުރެވޭނެއެވެ. ކުދިފާފަތައް ކުރެވުން ގިނަވާނެއެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. 

މިއާޔަތުގައި މިހެން އޮތުމަކީ ކުދިފާފަތައް ކުރަން ހުއްދަ ލިބޭ ސަބަބަކަށް ނުހަދާށެވެ! ކުރެވޭ ކުދިފާފަތައް ގިނަވެ ފުނިޖެހުމަކީ ވަރަށް ބިރުހުރި ކަމެކެވެ. މުސްލިމުންގެ ގޮތަކީ ކިތަންމެ ކުޑަ ނަމަވެސް އެއްވެސް ފާފައެއް ނުކުރުމެވެ. ﷲ ތައަލާ އަށް ބިރުވެތިވުމަކީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރަން ބިރުވެތިވުމެވެ. 

މުސްލިމުންގެ ހުރިހާ ވެސް އުންމީދަކީ ސުވަރުގެ ލިބުމެވެ. ދުނިޔޭގައި ތިބެ ގަދައަޅައި މަސައްކަތްކުރަނީ ހަމަ އެކަމުގެ ބޭނުމުގައެވެ. މިއީ އެފަދަ މީހުންނަށް ﷲ ތައާލާ ދެއްވަވާފައިވާ ކޮންފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން