ޖުނުބުވެރި ޙާލުގަ ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޖުނުބުވެރި ޙާލުގަ ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއްތޯ؟

ޖުނުބުވެރި ޙާލުގަ ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

ޖުނުބުވެރިވެގެންވާ ޙާލުގައި ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއް ނޫނެވެ.

މިސާލަކަށް މީހަކު ޖުނުބުވެރިވެފައިހުރި ޙާލަތުގައި ހިނައިނުގަނެ ނިދާފައި ހޭލެވުމުން ރޯދައަށް ހުރެވިދާނެއެވެ.

އެކަމަކު ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ. މުޅި ރޯދަ ނިމެންދެން ޖުނުބުވެރި ޙާލަތުގައި ހުންނާކަށް ނުޖެހޭނެއެވެ. އެއީ ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭތީއެވެ.

އެހެންކަމުން ޖުނުބުވެރިކަން މަތީ ހުރެ ރޯދަ ހިފަން ފެށިޔަސް ރޯދަ ޞައްޙަ ވާނެއެވެ.

--الشيخ محمد شافع

ރޯދަހިފަިގެން ހުރެ ރޯދަވިއްލުމުގެ ކުރިން  3 ނަމާދުކުރަން ޖެހެއެވެ. އެއީ ފަތިސް ނަމާދާއި މެންދުރު ނަމާދާއި ޢަޞްރު ނަމާދެވެ. ވީމާ ހޭލެވުމާއިއެކު އޮތީ އަވަހަށް ހިނައިގަނެ ފަތިސް ނަމާދުކުރުމެވެ. މީގެ އިތުރުން ހިނައިގަނެގެން ނިދުމަކީ ޞިއްޙީ ދުޅަހެޔޮކަން އިތުރުވާ ކަމެކެވެ.

 

މިއަދު އޮންލައިން