ދީނުގެ ޢިލްމު ނެތަސް މުފްތީ މެންކުގެ މިބަސް ކޮންމެ މީހަކަށްވެސް ބުނެވިދާނެ! އެކަމަކު ހުވާކޮށްލައި މިބަސް މިހެން ބުނަން ކެރޭނީ ކިތައް ފިރިހެނުންނަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދީނުގެ ޢިލްމު ނެތަސް މުފްތީ މެންކުގެ މިބަސް ކޮންމެ މީހަކަށްވެސް ބުނެވިދާނެ! އެކަމަކު ހުވާކޮށްލައި މިބަސް މިހެން ބުނަން ކެރޭނީ ކިތައް ފިރިހެނުންނަށްތޯ؟

"އަހަރެން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަހަރެންގެ ޢާއިލާއަށެވެ.

ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރުމަށެވެ!

އަހަރެންގެ އެންމެ ބޮޑު އެސެޓަކީ އަހަރެންގެ ޢާއިލާއެވެ."

މުފަތީ މެންކުގެ ބަސްފުޅުގައި ހިމެނޭ 3 ޖުމުލައިން އަހުރެން މިއަދު މިބަލާލަނީ އެންމެ ފުރަތަމަ 2 ޖުމުލައަށެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ބުނެވެން އޮތް ދެ ޖުމުލަ ކަމުގައި ވުމުންނެވެ.

އެއީ: "1. އަހަރެން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަހަރެންގެ ޢާއިލާއަށެވެ.

2. ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރުމަށެވެ!" މިހެން ބުނަން ކޮންމެހެން ދީނީ ޢިލްމުވެރިއަކަށްވާން ނުޖެހޭނެއިރު، ހަމަ ކޮންމެ މީހަކަށްވެސް ބުނެވެން އޮތްއިރު ޖެހިލުމެއްނެތިި އެފަދައިން ބުނެލެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟

މިވާހަކަ މިގޮތަށް މިދެއްކީ މިކަންކަމަށް ސަމާލުކަން ނުދެވި ދޫކޮށްލުމުން ރޫޅިގެންދާ ކައިވެނިތައް ގިނަވަމުންދާތީއެވެ.

އަދިވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ.

އަހަރެންނަށް ލިބޭ ދައުވަތެއްގައި ބައްދަލުވުމަކަށް ދިއަ ނަމަވެސް ޤައުމުން ބޭރަށް ދިއަ ނަމަވެސް ކޮންމެހެން ހޭދަކުރަންޖެހޭ ވަގުތުގެ އިތުރަށް 5 މިނިޓް ވެސް ހޭދައެއް ނުކުރަމެވެ. ބަލަނީ އަވަހަށް ޢާއިލާ ގާތަށް ދިއުމަށެވެ!

މިސާލަކަށް 6 ގަޑިއިރުގެ ދަތުރެއް ކޮށްފައި މެލޭސިޔާއަށް ދިއުމަށްފަހުގައިވެސް އަހަރެން ބައިވެރިވާން ޖެހޭ އިވެންޓް ނިމުމުން ވަގުތުން ފުރާކަށް އަހަރެން އެއްވެސް ވަރަކަށް ފަހެއް ނުޖެހެމެވެ. ސަބަބަކީ އަހަރެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޢާއިލާއަށް ކަމުގައިވާތީއެވެ.

އެއްވެސް ޙާލެއްގައި މިދައްކަނީ ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ކަންކަން ކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. މިބުނަނީ އެނޫން ހުރިހާ ކަމެއްގައިވެސް އަހަރެން އެންމެ އިސްކަން ދޭނީ އަހަރެންގެ ޢާއިލާއަށް ކަމުގެ ވާހަކައެވެ.

--މުފްތީ މެންކް

މިއަދު އޮންލައިން