ރޯދަވެރިޔާ ވުޟޫކުރާއިރު ނޭފަތަށް ފެންލުމުގަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރޯދަވެރިޔާ ވުޟޫކުރާއިރު ނޭފަތަށް ފެންލުމުގަ ޢަމަލުކުރަންވީ ގޮތް-

الحمد لله والصلاة والسلام على رسول الله  وعلى آله وصحبه أجمعين. 

ރޯދައަށްހުރެ ނޭފަތަށް ފެންލުމުގައި، މާބޮޑަށް އެތެރެއަށް ފެން ފޯރުވުން ރޯދަވެރިޔާއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ނަހީކުރައްވާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވެއެވެ. 

މާނަ : (ވުޟޫފުރިހަމަކުރާށެވެ. (އެބަހީ ގުނަވަންތަކުގައި ފުރިހަމައަށް ފެންޖައްސާށެވެ.) އަދި އިނގިލިތަކުގެ ދެމެދުގައި ރަނގަޅަށް ފެންލާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ހާލަތުގައި މެނުވީ، ނޭފަތަށް ފެންލުމުގައި ވީހާވެސް އެތެރެއަށް ފެން ފޯރުވާށެވެ.) 

رواه أبو داود (142) والترمذي (788) وصححه الألباني في صحيح الترمذي . 

ރޯދަވެރިޔާގެ އިޚްތިޔާރަކާއިނުލާ ހަށިގަނޑުގެ އެތެރެއަށް ފެން ހިނގައިދާނެކަމަށްޓަކައި، ރޯދައަށްހުރެ ވުޟޫކުރުމުގައި ނޭފަތަށް ފެންލާއިރު މާބޮޑަށް އެތެރެއަށް ފެން ފޯރުވުމުން ދުރުހެލިވާން ޖެހޭކަން ބާޔާންވެދިޔަ ޙަދީޘުން ދަލީލުކޮށްދެއެވެ. 

ރޯދައަށްހުރެ ވުޟޫކުރުމުގައި އަނގަޔާއި ނޭފަތަށް ފެންލާއިރު އޭނާގެ ގަސްދަކާނުލައި ކަރުތެރެއަށް ފެނުގެ މިންވަރެއް ދިޔަކަމުގައިވިޔަސް ރޯދައެއްނުގެއްލޭނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. 

(އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތަކުން ގަސްދުގައިކުޅަ ކަމަކާ މެދުގައެވެ.) سورة الأحزاب 5 – 

- މަސްދަރު: ދިސަލަފިއްޔާ 

ވުޟޫކުރުމުގައި ނޭފަތަށްފެންލާއިރު ނޯށުން ފެން އެތެރެއަށްދަމައި ބޭރުކުރުމަކީ ސުންނަތުގައި އޮތްގޮތެވެ. އެގޮތަށް ނޭފަތަށް ފެންލުމަކީ ސައިނަސްއާއި އަރިދަފުސް ރޯގާފަދަ ބަލިތަކަށް ޝިފާއެއްކަން މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކުން ވަނީ އެނގިފައެވެ.

 

މިއަދު އޮންލައިން