ދުޢާކުރަން އޮތީ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއެކުގައެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ދުޢާކުރަން އޮތީ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއެކުގައެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ދުޢާކުރެވެނީ ޢިޖާބަކުރައްވަވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. ދުޢާކުރުމަށްފަހުގައިވެސް ތިބެވެނީ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމެއް ނެތިއެވެ. އެފަދަ މީހުން މިޙަދީޘްފުޅަށް ވިސްނައިލާށެވެ! 

މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ.

اُدْعُوْا اللَّهَ وَأَنْتُمْ مُوْقِنُوْنَ بِالْإِجَابَةِ ) [رواه الترمذي ٣٤٧٩ صحيحه الألباني]

މާނައީ: " ތިޔަބައިމީހުން ﷲ އަށް ދުޢާ ކުރާށެވެ. އަދި ދުޢާ އިޖާބަ ކުރައްވާނޭކަމުގެ ޔަޤީންކަމާއެކު ތިޔަބައިމީހުން ދުޢާ ކުރާށެވެ."

 

- ޙަދީޘްއާ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން