އާޝޫރާ ދުވަސް އަންނަންދެން ރޯދަ ނުހިފައި ނުތިބޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އާޝޫރާ ދުވަސް އަންނަންދެން ރޯދަ ނުހިފައި ނުތިބޭށެވެ!

ފެށި ހިނގަމުން މިދަނީ މުޙައްރަމް މަހެވެ. އެއީ ﷲ ގެ މައްސަރެވެ. ވީހާ ގިނައިން ރޯދަހިފަން އޮތް މައްސަރެވެ. ވީމާ އާޝޫރާ ދުވަސް އައިޖެހުމުން ރޯދަހިފަން މަޑުނުކޮށް މިހާރުންސުރެ ރޯދަހިފަމުން ގެންދާށެވެ. 

އާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. ކުރިއަށް އެއްދުވަސްލައި 9 ވަނަދުވަހާއި 10 ވަނަ ދުވަހުވެސް އަދި ފަހަތަށް އެއްދުވަސް ލައި 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުވެސް އަދި 9، 10، 11 މި 3 ދުވަހު ރޯދަހިފުމީވެސް ސުންނަތެވެ. 

ޙަދީޘްފުޅުގައި އޮތީ ފަހަތަށް ނުވަތަ ކުރިއަށް އެއްދުވަސްލައިގެން ހިފުމަށެވެ. އެހެންކަމުން ބޭނުންމީހާ 3 ދުވަހުވެސް ރޯދަހިފަންވީއެވެ. 

މިއަހަރުގެ އާޝުރާ ދުވަހަކީ އޮގަސްޓް މަހުގެ 8 ވާ ހޯމަ ދުވަހެވެ. ވީމާ އާދީއްތަ ދުވަހާއި ހޯމް ދުވަހު ނުވަތަ ހޯމަ ދުވަހާއި އަނގާރަ ދުވަހު ނުވަތަ އާދީއްތަ، ހޯމަ، އަންގާރަ، މި 30ދުވަހުވެސް ރޯދަހިފަންވީއެވެ. އެއިގެކުރިންވެސް އަދިފަހުންވެސް ވިހާ ގިނަ ދުވަހު ރޯދަހިފަންވީއެވެ. 

މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން