"ސުވަރުގެ ހޯދަން ޖަހާ ރޭހަށް ތިބާގެ ގައިގަ ނެތް ބުންވަރެއް ބޭނުމެއް ނުވެއެވެ." ބުނީމާ ޙައިރާންވާންވީ ކީއްވެގެންހެއްޔެވެ؟
ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ތަހޖައްޖުދުނަމާދެވެ. ތަހައްޖުދު ނަމާދުކުރުމުގައިވެސް އޮތީ އެމީހަކަށް ކުރެވެން އޮތް ވަރަކަށް ރަކްޢަތްކުރުމެވެ. ފަސޭހަމިންވަރަކަށް ކިޔެވުމެވެ.
މިކަމުންވެސް އެނގިގެންދަނީ ސުންނަތް އަޅުކަންކުރުމުގައި އޮތީ އެމީހަކަށް ކެރިކުޅަދާވަގެންވާ މިންވަރަކުން ކުރުންކަމެވެ.
ގައިގަ ހުރި ބުންވަރެއްގަ އެއްބާރުމިނެއްގައި ކުރިއަށްގޮސް ރޭސް ނިންމުމުން އެއޮތީ ރޭސް ކާމިޔާބު ކުރެވިފައެވެ!
އެކަން އެނގިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ (އެއީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް) ޤަވާއިދުން ކުރަމުންގެންދާ ޢަމަލުކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.
ވީމާ ފަރުޟުތައް އަދާކުރުމާއިއެކު ދެންހުރި އަޅުކަން އެމީހަކަށް ކުރެވުނު ވަރަކަށް ކުރުންމަތީގަ ސާބިތުވާށެވެ! އެއިރުން ތިބާ އެދޭ މަންޒިލް (ސުވަރުގެ) ތިބާއަށް ޙާޞިލްކުރެވޭނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުން:
https://hadeethenc.com/en/browse/hadith/5845