އެހެން މީހުންގެ ކުރިމަތީގަ ތިމާއަކީ ނަމޫނާ މީހަކަށްވާން އެދޭމީހާ ފުރަތަމަ އަމިއްލަ ޢާއިލާއަށް ނަމޫނާ މީހަކަށްވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެހެން މީހުންގެ ކުރިމަތީގަ ތިމާއަކީ ނަމޫނާ މީހަކަށްވާން އެދޭމީހާ ފުރަތަމަ އަމިއްލަ ޢާއިލާއަށް ނަމޫނާ މީހަކަށްވާށެވެ!: މުފްތީ މެންކް

ނަމޫނާ ޝަޚްޞިއްޔަތަކަށްވުމަށްޓަކައި އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ އެމީހާގެ ޢާއިލާގެ ކުރިމަތީގައި އެފަދަ ޝަޚްޞިއްޔަތަކަށްވުމެވެ. އެމީހާގެ އަމިއްލަ ޢާއިލާ އަށް ލޯތްބާއި އެހީތެރިކަމާއި އޯގާތެރިކަން ދީގެން ޢާއިލާގެ މީހުންގެ ހިތުގެ ލޯބި ހޯދުމެވެ. އެމީހާ ނެތްތަންތަނުގައިވެސް ޢާއިލާގެ މީހުން އެމީހަކަށް ތަޢްރީފްކުރާ މީހަކަށްވުމެވެ. މުޖުތަމައުގެ ލޯބި ހޯދަން މަސައްކަތްކުރަން ފަށަންވީ ޢާއިލާގެ ލޯބި ހޯދުމަށްފަހުގައެވެ. އެހެން މީހުންނަށް ދީނަށް ގޮވާލަން ފަށަންވާނީ ވެސް އެއިގެ ފަހުންނެވެ. 

އިސްލާމް ދިނަށް ނަޞްރުދީ އިސްލާމް ދީން މަތިވެރިކުރަން ބޭނުން ނަމަ ފުރަތަމަ ތިމާއަކީ ނަމޫނާ ޝަޙްޞިއްޔަތަށްވާށެވެ! މީސްތަކުންނާއި އަޅައިލާ އޯގާތެރިކަމާއިއެކު ކަންކަންކުރާ މީހަކަށްވާށެވެ! 

ތިމާގެ ކިބައިން އެފަދަ ނަމޫނާއެއް ދައްކައި ތިމާއަކީ އެހެން މީހުންނަށް އެހީތެރިވެދޭ އޯގާތެރިއެއްކަން ސާބިތުކޮށްދެވިއްޖެ ނަމަ މީސްތަކުން އޮޓޮމެޓިކުން އެމީހެއްގެ ބަސް ޤަބޫލުކުރަން ފަށާނެއެވެ. އެމީހަކާއި ގުޅިގެން އެމީހާ އުޅޭ ގޮތަށް އުޅެން ބޭނުންވާނެއެވެ. ވީމާ މީސްތަކުންނަށް ނަމޫނާ ދައްކައިގެން އިސްލާމް ދީނަށް ދަޢްވަތު ދިނުމުގައި ކޮންމެ މީހަކަށްވެސް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. އަދި އެމީހެއްގެ އަމިއްލަ ޢާއިލާ އާއި މުޖުތަމައު ބިނާކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން