މުޅި ޙަޔާތް ބާއްޖަވެރިވުމުގެ ތަޅުދަނޑިއަކީ ނުވަތަ އެކަން އެދިގެންކުރަން އޮތްކަމަކީ ނަމާދުތަކަށް ރައްކައުތެރިވުންކަން އެންމެ ކުޑައިރުންސުރެ އެނގޭނެއެވެ. ބޮޑުވެ ނަމާދުނުކޮށް އުޅުމަށްފަހު ނަމާދުނުކުރީ އެކަންކުރަންޖެހޭނެކަން ނުއެނގޭތީ ކަމަށްބުނެވޭނެ ހަމައެކަކުވެސް މިރާއްޖެއަކު ނުހުންނާނެއެވެ.
ތިމާ ގަޑިއަށް ކުރަން ޖެހޭ ހުރިހާ ކަމަކަށް ފަރުވާތެރިވެއެވެ! ނަމާދުކުރުން ފިޔަވައެވެ! އެފަދަ މީހުންނަކީ އާޚިރަތަށް ބިރެއް ނެތް އަދި ދުނިޔަވީ ޙަޔާތަށް އިސްކަންދޭ މީހުންނެވެ! ބިރުވެތިވާށެވެ! އެފަދަ މީހުންތެރޭގައި ނުވާށެވެ!
މިފަދަ މީހުންގެ މިސާލު ދައްކަވައި ޝައިޚް މުޙައްމަދު ޝަފީޢު ވިދާޅުވެފައިވެއެވެ.:
ގަޑިއަށް ވަޒީފާއަށް ދެވެއެވެ! ގަޑިއަށް ފުރަން ދެވެއެވެ.
ގަޑިއަށް ހޮސްޕިޓަލަށް އެޕޮއިންޓްމެންޓަށް ދެވެއެވެ.
ނަމާދު ވަޤުތުގައި ނިދައެވެ. އަދި ބުނެއެވެ. އަހަރެންނަކީ ނިދި ގަދަ މީހަކީމެވެ!
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا - الأعلى 16
"އަދި ކިޔެއްހެއްޔެވެ. ތިޔަބައިމީހުން ދުނިޔޭގެ ޙަޔާތަށް އިސްކަންދެނީއެވެ." (އަލްއަޢްލާ: 16)
--الشيخ محمد شافع