އިންސާނުން ބޮޑެތި ބިޔަ ސިންގާތަކަކާއިއެކު ދިރިއުޅެވޭއިރު މައިންބަފައިންނާ އަނބިދަރިންނާ އަދި ޢާއިލާގެ މީހުންނާއިއެކު ދިރިނުއުޅެވިގެން މިއުޅެނީ ކީއްވެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިންސާނުން ބޮޑެތި ބިޔަ ސިންގާތަކަކާއިއެކު ދިރިއުޅެވޭއިރު މައިންބަފައިންނާ އަނބިދަރިންނާ އަދި ޢާއިލާގެ މީހުންނާއިއެކު ދިރިނުއުޅެވިގެން މިއުޅެނީ ކީއްވެތަ؟

"އަޅުގަނޑުގެ ހުރީ އެންމެ ދަރިއެކެވެ. އެއީ ފިރިހެންދަރިއެކެވެ. ކައިވެނިކޮށް 3 ދަރިން ލިބުނުފަހުން އަނބިމީހާ އާއި 3 ދަރިންނާ އަޅުގަނޑު (މުސްކުޅި މަންމަ) ދޫކޮށްލާފައި ދަމުން ބުނީ މިދަނީ އަޅުގަނޑުމެންނާއިއެކު ދިރިނުއުޅެވިގެން ކަމަށެވެ. ސަބަބެއްވެސް ނުބުނެއެވެ. ގެއިން ނުކުމެގެންދިއައީ އަޅުގަނޑުމެން ރޮއި އާދޭސްކުރަމުން ދަނިކޮށެވެ.

މީހުން ބުނާގޮތުން ދަރިފުޅު ޓްރިވެންޑްރަމްގައި އެބަ އުޅެއެވެ. ބައްދަލުވާ މީހުންގެ ގާތުގައި ބުނަނީ ރާއްޖެ ދޫކޮށްލާފައި ގޮސްއުޅެނީ އަޅުގަނޑުމެންނާއިއެކުގައި ދިރިނުއުޅެވިގެން ކަމަށެވެ. ސަބަބެއް ނުބުނެއެވެ.

ވިދާޅުވެބައްލަވާށެވެ! މިހެންމިވަނީ ކީއްވެގެންތޯއެވެ؟"

ކިޔުންތެރިޔާގެ ސުވާލަށް ދޭނެ ވަކިޖަވާބެއް ނުއެނގެއެވެ. ނަމަވެސް އެދަރިފުޅާއި ﷲ ޣަވާލުކުރެއްވެވި އަމާނާތަށް ޚިޔާނާތްތެރިވެ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާނުކުރީކަމަށް ބުނެވިދާނެއެވެ. އިތުރަށް ކުރަންހުރީ ހަމަ ސުވާލުތަކެކެވެ.

މިލިޔުން ވިދާޅުވެލައްވާށެވެ!

ލިޔުމުގައިވާ ޓްވީޓުގެ ވީޑިއޯއިން ފެނިވަޑައިގަންނަވާނީ އެތައް ބައިވަރު ބޮޑެތި ސިންގާތަކުގެ ލޯބި ލިބިގެން އެސިންގާތަކާއިއެކުގައި މީހަކު ދިރިއުޅެމުންދާ ތަނެވެ. އެ ސިންގާތަކާއި އޭނާ އާއި ދެމެދުގައި އޮންނަ ލޯތްބާއި ރަޙްމާއި ހަމްދަރުދީ އާއި ކުލުނެވެ!

ހަމަ އެންމެ ސުވާލެކެވެ! އެ އިންސާނާއަށް ބޮޑެތި ބިޔަ ސިންގާތަކަކާއިއެކު ދިރިއުޅެވޭއިރު އަހަރެމެންނަށް މިއަދު އަހަރެމެންގެ މައިންބަފައިންނާއި އަނބިދަރިންނާއި އަދި ޢާއިލާގެ މީހުންނާއިއެކު ދިރިނުއުޅެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ސިންގާ ފަދަ ޖނަވާރުތައް އިންސާނުންނަށްވުރެ މާ ރަނގަޅުވީހެއްޔެވެ؟ ނޫންނަމަ އެފަދަ ޖަނަވާރުތަކަށްވުރެ އިންސާނުންގެ ނުބައިކަން ބޮޑުވީހެއްޔެވެ؟ ހަމަގައިމުވެސް ގޮތްތަކެއް އެބަ ވެއެވެ. ބަދަލުތަކެއް އެބަ އައުދެއެވެ!

މިއީ ހަމަ ކޮންމެ މީހަކުވެސް މި ޓްވީޓް ބަލައިލުމާއިއެކު ވިސްނައިލުން ރަނގަޅު ކަމެކެވެ.

 

މިއަދު އޮންލައިން