އަނބިދަރިންނަށް ކާންދޭ ބަތްސުވަލަށް ޘަވާބުދެއްވަވާނެއިރު އެމީހުންނަށް ކާން ނުދީ އެކުވެރިންނަށް ކޮފީދިނީމާ ދެންވާނެ ގޮތަށް ވިސްނާނުލަކީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިދަރިންނަށް ކާންދޭ ބަތްސުވަލަށް ޘަވާބުދެއްވަވާނެއިރު އެމީހުންނަށް ކާން ނުދީ އެކުވެރިންނަށް ކޮފީދިނީމާ ދެންވާނެ ގޮތަށް ވިސްނާނުލަކީ ކީއްވެ؟

ބައެއް މީހުންނަށް އެކަށީގެންވާ ވަރަށް އާމްދަނީ ނުލިބޭއިރުވެސް ލިބޭ މަދުފައިސާކޮޅުން ޢާއިލާއަށް ޚަރަދު ނުކޮށް ބޭކާރު ޚަރަދުތައް އެބަކުރެއެވެ! ރައްޓެހި ރަޙްމަތްތެރިންނާއިއެކު ކައިބޮއި ހެދުމަށާއި ދުންފަތުގެ އިސްތިޢްމާލުކުރުން ފަދަ ކަންކަމަށް ވެސް އެބަ ޚަރަދުކުރެއެވެ! 

މިހިރީ ވަރަށް ހިތާމަހުރި ކަންކަމެވެ! އަނބިދަރިން ބެލެހެއްޓުމަކީ އެމީހެއްގެ މައްޗަށް އޮތް ދީނީ ވަރަށް ބޮޑު ވާޖިބެކެވެ. އަދި އެކަން ލައްވަވާފައި އެވަނީ އެކަމުން އެމީހަކަށް ހެޔޮ ދަރުމަ ދެއްވަވާ ކަމެއްގެ ގޮތުގައެވެ. މަތިވެރި ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. 

އަޖުމަ ބަލައިލަން ނަމަވެސް އިސްރާފް ކުރުމާއި ލިބޭ އާމްދަނީން ޢާއިލާގެ ބޭނުންތައް ފުއްދައި ނުދީ އެހެން ޚަރަދުތައް ކުރުން ނިކަން ހުއްޓައިލަބަލާށެވެ! ހުއްޓައިލުމަށްފަހު ރިޒްޤް ތަނަވަސްކޮށް ދެއްވެވުން އެދި ދުޢާކުރުން ގިނަކޮށްބަލާށެވެ! ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ 

ރަސޫލް () ސަޢްދު ބިން ވައްޤާސްއަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކަލޭގެފާނު ހަމަކަށަވަރުން ﷲ ވަޖްހަފުޅަށްޓަކައި އެއްވެސް ހޭދައެއް ކުރައްވާނަމަ އެއިގެ ދަރުމަ ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ! އަދި ކަލޭގެފާނު ކަލޭގެފާނުގެ އަނބިކަނބަލުންގެ އަނގައަށް ލައި ދެއްވާ ސުވަލަށްވެސްމެއެވެ!"  (ޞަހީޙް ބުޚާރީ: 1295) 

ދެމަފިރިން ލޯބިން އެކަކު އަނެކަކުގެ އަނގައަށް ލަވައި ކާންދިނުން ފަދަ ކަންކަން ކުރުމަކީ އެކަކު އަނެކަކަށް އޮންނަ ލޯބި އިތުރުވާ ކަމެއްކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މިޙަދީޘްފުޅުގައި އެކަން އެވަނީ އެ މާނައަިގައެއް ނޫނެވެ. އަނބިމީހާއަށް ހޯދައިދޭ ކާއެތިކޮޅަށް ވެސް ﷲ ތަޢާލާ ދަރުމަ ދެއްވަވާނެ ވާހަކައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން