ކޮންމެ ދުވަހަކުވެސް ހނދުނާ ހަވީރުގެ ޛިކުރުތައް ކިޔަވަންވާނެއެވެ. އެއިރުން އެމީހަކަށް ރައްކައުތެރިކަން ލިބޭނެއެވެ.
ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔެވުމަކީ އެއިގެ ސަބަބުން އޭނާ ސުވަރުގެވަނުމާއި ދެމެދު މަރުފިޔަވައި އެހެން އެއްޗެއް ނެތްކަމެކެވެ.
ކޮންމެ ރެއަކު މުލްކްސޫރަތް ކިޔެވުމަކީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކަން ލިބޭ ކަމެކެވެ.
ކޮންމެ ރެއަކު 100 އާޔަތް ކިޔެވުމަކީ (ކޮންމެ އާޔަތްތަކެއް ނަމަވެސް) މުޅި ރޭ އަޅުކަންކުރުމުގެ ޘަވާބުލިބޭ ކަމެކެވެ.
ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތްކިޔަވައިފި މީހަކަށް ފުދޭނެ ކަމަށްވެސް ޙަދީޘްގައި އޮވެއެވެ
ކޮންމެރެއަކު މުލްކް، ސަޖިދަ. އިސްރާ، ޒުމަރު ކިޔަވާވިދާޅުވެފައި މެނުވީ ރަސޫލާ އަވަހާރަފުޅު ނުލައްޕަވާކަމަށް އޮވެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް