މީސްތަކުންގެ ހެޔޮދުޢާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އަތުގައި ތަނަވަސްކަން ނެތް ނަމަ މިސްކިތެއް އެޅުން ފަދަ ކަމެއް ނުކުރެވިދާނެއެވެ. ޞަދަޤާތުގެ ފައިސާތަކެއް ނުބެހިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ!
ހެޔޮލަފާ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅެވިދާނެއެވެ. އެހެން މީހުންނަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެވިދާނެއެވެ! ފައިސާވެރިކަން ނޫން ކަންކަމުގައި މީހުންނަށް އެހީތެރިވެދޭ މީހެއްގެ ގޮތުގައި ވެސް އުޅެވިދާނެއެވެ!
ތިބާއަކީ ހެޔޮލަފާ ތަޤްވާވެރިއަކަށްވެފައި މީސްތަކުންނަށް ހިތްހެޔޮ އޯގާތެރިއަކު ކަމުގައި ވެއްޖެ ނަމަ މީސްތަކުން ތިބާގެ ހަނދާންކުރާނެއެވެ! ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެއެވެ! މީސްތަކުންގެ ހެޔޮ ދުޢާ އަކީވެސް މުސްލިމުންނަށް ސުވަރުގެ ވަދެވެން އޮތް މަގެކެވެ!
ކޮންމެ މީހަކީވެސް ދުނިޔެ ދޫކޮށްފައި ދާން ޖެހޭނެ މީހެކެވެ! އެންމެ މުހިންމު އެއް ކަމަކީ ތިބާ ދުނިޔެ ދޫކޮށްފައި ދާއިރު ތިބާ އާއިމެދު ދުނިޔެ ދެކޭނީ ކޮން ގޮތަކަށް ކަމާއިމެދު ވިސްނައިލުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން