ގިނަފަހަރަށް ގެވެށިއަނިޔާ ލިބޭމީހުން އެމީހުންގެވާހަކަ އެހެންމީހުންނާ ހިއްސާނުކުރޭ އެއީ އެހެންމީހުން ތިމާގެ ވާހަކަ ގަބޫލުނުކޮށްދާނެކަމުގެ ބިރަށް. ތިމާގެ އާއިލާގެ މީހުން އެވާހަކަތައް ދޮގުކޮށްފާނެކަމަށް.
އަނެކާ، ތިމާގެ ބާރުގެދަށުގައި ބެހެއްޓުމަށްޓަކާ ،ތިމާގެ ބައިވެރިޔާ ކޮންޓުރޯލް ކުރުމަށްޓަކާ ކުރާ ކޮންމެ ކަމަކީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަންކަން.
އެއީ ބައިވެރިޔާގެ ބޭންކު ކާރޑު ތިމާގެ އަތުގައި ބޭއްވުން ކަމުގައިވިޔަސް،ގޭތެރޭގެ ބޭނުމަށް ގަނެވޭނެ ތަކެތި ތިމާގެ ހުއްދައާއި ނުލާނުގަނެވޭގޮތަށް އޮތުންވެސް، އަދި ނުހައްގުން ބައިވެރިޔާގެ ގައިގާ އަތްލުން/ އަތްއިސްކުރުން/ޖެހުން ކަމުގައިވިޔަސް -މި ޢަމަލުތައްވަންނާނީ ގެވެށިއަނިޔާގެ ތެރެއަށް. މިކަހަލަ ކަމެއް ތިބާއަށް ކުރިމަތިވަމުންދާނަމަ އެންމެ އިތުބާރުހިފޭ މީހަކާހިއްސާކުރުމާއި އެކު އެހީހޯދާ! މަޑުންނުހުރޭ!
--ޑރ. މުޙައްމަދު ޢަލީ