ކަރުއެލުވާލުމުގެ ކުރިން ފުރަތަމަ ކައިވެނީގަ ފޭލްވި އެތައް މިލިއަން މީހުން ފަހުން ކުރި ދެވަނަ ކައިވެނީގައި ހޯދި ބޮޑެތި ކާމިޔާބީތަކަށް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކަރުއެލުވާލުމުގެ ކުރިން ފުރަތަމަ ކައިވެނީގަ ފޭލްވި އެތައް މިލިއަން މީހުން ފަހުން ކުރި ދެވަނަ ކައިވެނީގައި ހޯދި ބޮޑެތި ކާމިޔާބީތަކަށް ވިސްނައިލާށެވެ!

އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެ މާޔޫސްވާ އެއްކަމަކީ ކައިވެނިކުރަން ތިމާ ބޭނުންވި މީހާ އާއި ކައިވެނި ނުކުރެވުމެވެ. ނުވަތަ ލޯބިން ކުރި ކައިވެނި ރޫޅުމެވެ.

އެފަދަ ގޮތެއް މެދުވެރިވިނަމަވެސް އެކަން މެދުވެރިކުރެއްވެވީ އެކަން ކާމިޔާބުވިނަމަ ކުރިމަތިވާންހުރި މާބޮޑެތި މުޞީބާތްތަކަކުން ސަލާމަތް ކުރެއްވެވުމަށް ކަމަށް ވިސްނައިފިނަމަ ހުރިހާ ކަންބޮޑުވުމެއް ފިލާނެއެވެ.   

ކައިވެނިކުރަން ބޭނުންވާ ގޮތަށް، ކުރަން ބޭނުންވާ ތާރީޚަށް ނުކުރެވިއްޖެނަމަ ވެސް ކަންބޮޑުވެ ފަހަތަށް ނުޖެހޭށެވެ! ﷲ ތިބާ ހުއްޓުވީ ތިބާ އެދުނުގޮތަށް ތިބާއަށް ކުރިއަށް ނުދެވުމުން އެކަމުގަ ތިބާއަށް އޮތް ފައިދާގެ ބޮޑުކަމުންކަން ޔަޤީންކުރާށެވެ! އެއްވެސް މީހަކަށް ދެރަގޮތެއް ﷲ އިރާދައެއް ނުކުރައްވަވާނެތެވެ! 

ކުރަން ބޭނުންވި މީހާއާ ކައިވެނި ނުކުރެވި އެހެން މީހަކާ ކައިވެނިކޮށްގެން ރަން ދުނިޔޭގައި އުޅެމުންދާ ކިތައް މިލިއަން ދެމަފިރިން އެބަތިބި ހެއްޔެވެ؟ 

ވީމާ ތިމާ ބޭނުންވި ގޮތަށް ކަމެއް ނުވާއިރަށް ކަންބޮޑުނުވާށެވެ! 

ފުރަތަމަ ކައިވެނީގައި ފޭލްވި އެތައް މިލިއަން މީހުން ފަހުން ކުރި ދެވަނަ ކައިވެނީގައި ހޯދި ބޮޑެތި ކާމިޔާބީތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ދެވަނަ ފުރުޞަތަކީ ހުރިހާ ގޮތަކުން ވެސް މާފަހި މާއުފާވެރި ފުރުޞަތުކަމަށްވެފައި ވަނީ ހައިރާންވާންޖެހޭވަރަށެވެ. އެހައިގިނަ ދެމަފިރިންނަށެވެ.

ވީމާ އެހާ ފަސޭހައިން ކަރު އެލުވައިނުލައި އަބަދުވެސް ކަރުތެދުކުރަން މަސައްކަތް ކުރާށެވެ! 

- އަލަފް 

މިއަދު އޮންލައިން