ފާޙިޝް ޢަމަލުތައްކުރާ ތަންތަނުގެ ނަންބޯޑުތައް އެބުނެދެނީ ކީކޭކަމާއިމެދު ވިސްނައިލި ނަމަވެސް އެއިން ތަނަކަށް ނުވަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފާޙިޝް ޢަމަލުތައްކުރާ ތަންތަނުގެ ނަންބޯޑުތައް އެބުނެދެނީ ކީކޭކަމާއިމެދު ވިސްނައިލި ނަމަވެސް އެއިން ތަނަކަށް ނުވަންނާނެ!

ބެންކޮކް ފަދަ ބައެއް ތަންތަނުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރާކަން އިޝްތިހާރުކުރުމުގެ ގޮތުން ބޭރުގައި 69 ޖަހާފައި ހުރެއެވެ. އެމީހުން 69 މާނަކުރަނީ އަންހެނަކަށާއި ފިރިހެނަކަށް ކަމުގައި ބުނާ އަޑު އަހަމެވެ.

އެކަމުގައި އަހަރެންގެ ވިސްނުން މުޅިން ތަފާތެވެ. އަހަރެންގެ ވިސްނުމުގައި އެމީހުންނަށް އެބުނެވެނީ މިތަނަށް ވަނުމުން އޭސީގެ ފިނިކަމާއި މަސްތުކުރުވާ ބުއިންތަކާއި ފާހިޝް އަމަލުތައް ކުރެވޭނެ މަގުތައް ފަހިވާނެއެވެ! ނަމަވެސް އެއިން ހަމަ ކޮންމެ ކަމަކީވެސް ޤިޔާމަތް ދުވަހު 69 އިންސައްތަ އިތުރަށް ހޫނުވެގެން ތިބާ އާއި ބައްދަލުކުރާނެ ނަރަކައިގެ އަލިފާނެވެ!

ބަލަންވީ ނަރަކައިގަ ހޫނު މިން ހުންނާނެ ވަރެއް ނޫނެވެ! ނަރަކައިގެ ހޫނުން އަރާ އާވިން އެތިކޮޅެއް ފަޅި ސިކުންތަކަށް ބީހިލިނަމަވެސް އެވަރުގެ ގަދަ ހޫނެއް ދުވަހަކުވެސް އިޙްޞާޞް ނުކުރެވޭކަން އެމީހަކަށް ޤަބޫލުކުރެވޭނެއެވެ! ވީއިރު ނަރަކައިގެ ހޫނުމިން ބަލައިގެން ކުރަން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ނަރަކައިގެ އަލިފާނުގެ ހޫނުމިން ބަލަން ތިއަވަރަށް ބޭނުން ނަމަ ފުރަތަމަ ކަމަކަށް ދުނިޔޭގައި މިގެންގުޅޭ އަލިފާންޣަޑެއްގެ ތެރެއަށް އެރިލަބަލާށެވެ! ނޫނީ އަލިފާންގަނޑެއްގައި ހިފަހައްޓައިލަބަލާށެވެ! ނޫނީ އަނގުރުކޮޅެއް ފައިތިލަދަށުގައި ލައިގެން ކެތްކޮށްލަބަލާށެވެ!

އެއިރުން ވެސް ތިއަ ތަޖުރިބާ ކުރެވޭ ހޫނަކީ ނަރަކައިގެ އަލިފާނަށްވުރެ 69 އިންސައްތަ ފިނިކުރެވިފައިވާ އަލިފާނެކެވެ. ވީމާ ވަޒަންކޮށްލަންވީ ފާފަތައް ކުރުމުން ތިމާ އަމިއްލައަށް ވެއްޓި މިގަންނަނީ ދުނިޔޭގައި ތަޖުރިބާކުރަންޖެހޭ އަލިފާނަށްވުރެ 70 އިންސަތަ އިތުރަށް ހޫނު ގަދަ އަލިފާނަކާއި ކަމެވެ.

ދުނިޔޭގައި ގެންގުޅޭ އަލިފާން ނަރަކައިގެ އަލިފާނަށްވުރެ 69 އިންސައްތަ ފިނިކުރެވިފައިވާ ވާހަކަ ބުނީމެއް ނޫންހެއްޔެވެ؟ އެވާހަކައާއި މިވާހަކަ އާއި ގުޅުވާލައިގެން ޢިބްރަތް ޙާޞިލުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން