ޝައިޠޯނާއަށް ތިބާގެ ބަލިފައި އެނގެއެވެ! ހިފައި ދަމާލާނެ ފުރުޞަތު ނުދިނުމުގެ ބާރު އޮތީ ތިބާއަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޝައިޠޯނާއަށް ތިބާގެ ބަލިފައި އެނގެއެވެ! ހިފައި ދަމާލާނެ ފުރުޞަތު ނުދިނުމުގެ ބާރު އޮތީ ތިބާއަށެވެ!

ޝައިޠޯނާ އަބަދުވެސް ހިފާނީ މީހުންގެ ބަލިފައިގައެވެ. މީހުންގެ ބަލިފައި ދެނެގަތުމުގެ ބާރު ﷲ ތަޢާލާ ވަނީ އިބިލީހަށް ދެއްވަވައިފައެވެ. އަދި އެބާރު ޝައިޠޯނާއަށް ދެއްވެވިކަމާއި އެކަމަށް ރައްކައުތެރިވުމަށްވެސް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ.  

މިސާލަކަށް ބުނާނަމަ ތިބާއީ ރީތި އަންހެންކުދިންނަށް ލޯބިކުރާ މީހަކު ނަމަ ނަމާދަށް ހުންނައިރު ހަނދާންކޮށްދޭނީ އަންހެންކުދިންގެ މަތިންނެވެ. ފައިސާއަށް ދަތިވެފައި ހުރިނަމަ ފައިސާ ލިބޭނެ ގޮތްތައް ވިސްނައިދޭނެއެވެ!

ހަމައެއާއިއެކު ތިބާއަކީ މަސްތުވުމަށް ލޯބިކުރާ މީހަކު ނަމަ ތިބާ ބާރތަކަށް ވައްދުވާނެއެވެ. ޖުވާކުޅޭހިތްވާ މީހަކު ނަމަ އެކަމަށް ޝައުޤުވެރިކުރުވާނެއެވެ!

ކޮންމެއަކަސް އަހަރެމެންނަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވެވޭނީ އަހަރެމެންގެ ބަލިފައިތައް ނައްތާލައި ދީނުގައި ފުރިހަމައަށް ސާބިތުވެގެންނެވެ. ދީނުގައި ސާބިތުވުމަށް އެންމެ މުހިންމީ ދީނާއި ދުރުހެލި މީހުންނާއިއެކުގައި ނުއުޅުމެވެ.

ދީނާއި ދުރުހެލި މީހުންނާއިއެކުގައި އުޅުމަކީ އަދި އެމީހުންނަށް ތާއީދުކުރުމަކީވެސް ވަރަށް ނުބައިކަމެކެވެ. ވަރަށް ބިރުހުރި ކަމެކެވެ. އެހެނީ ޤިޔާމަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާނީ އެމީހަކު ތާއީދުކޮށް އެބައަކާއިއެކުގައި އުޅުނު މީހުންނާއިއެކުގައެވެ. އެބާވަތުގެ ފާފަތައް ކުރި މީހުންނާއިއެކުގައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން