މައިންބަފައިން އަޅުގަނޑު ކުޑައިރު ކަންތައްކުރީ ވަރަށް ގޯސްކޮށެވެ. އެހެންކުދިންނާ ތަފާތުވެސް ކުރިއެވެ! އެމީހުންނަށް އަޅުގަނޑު ހެޔޮވާންޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މައިންބަފައިން އަޅުގަނޑު ކުޑައިރު ކަންތައްކުރީ ވަރަށް ގޯސްކޮށެވެ. އެހެންކުދިންނާ ތަފާތުވެސް ކުރިއެވެ! އެމީހުންނަށް އަޅުގަނޑު ހެޔޮވާންޖެހޭނެތޯ؟

"އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު ކުޑައިރު ކަންތައްކުރީ ވަރަށް ގޯސްކޮށެވެ. އެހެންކުދިންނާ ތަފާތުވެސް ކުރިއެވެ! އެމީހުންނަށް އަޅުގަނޑު ހެޔޮވާންޖެހޭނެތޯ؟"

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

"މައިންބަފައިންގެ ތެރޭގައިވެސް ދަރިންނާއިމެދު ވަރަށް ގޯސްކޮށް ކަންތައް ކުރެވޭ މައިންބަފައިންވެސް ތިބެއެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ދުނިޔޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ."

—ޝައިޚް ޢަލީ ޒައިދު

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅާއި ގުޅިގެން ބައެއް މީހުން ބުނެފައިވެއެވެ.

ދަރިންގެ މެދުގައި ތަފާތުކުރާނަމަ ދަރިން ވަރަށް ދެރަވާނެއެވެ. ނަމަވެސް އެމީހަކު ކުރިކަމެއް އޮންނާނީ އެމީހަކަށެވެ. މައިންބަފައިން ކަންކަންކުރި ގޮތް ހަނދާންވެސް ނުކުރާށެވެ! ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރާށެވެ.

"މައިންބަފައިން ނުރުހޭ ގޮތަށް ދަރިން ކަންކަން ކުރާނަމަ ބަސްބުނާނެއެވެ. އަދި ކަންކަންވެސް ކުރާނެއެވެ. އެއީ ދަރިން ދެކެ ލޯބިނުވާތީއެއް ނޫނެވެ. ލޯބިވާތީ ކަންކަން އިޞްލހްކުރަން އެދޭތީއެވެ. ވީމާ މައިންބަފައިން ބަހެއް ބުނި ނަމަވެސް އެމީހުންނާއިމެދު ނުބައިކޮށް ދެކެ ނުބައި ޢަމަލު ކޮށްގެން ނުވާނެއެވެ.

އެކަން އެނގެނީ ދަރިންނަށް ކަންކަން ދިމާވުމުން މައިންބަފައިން އެކަމެއްގައި ޝާމިލުވެ ދަރިންނަށްޓަކައި ޤުރްބާންވާތީއެވެ. އެމީހުންގެ އަމިއްލަ އުފާތައް ޤުރްބާން ކޮށްފައި ދަރިންނަށް އަބަދުވެސް އެހީތެރިވެދޭތީއެވެ.

މައިންބަފައިން އެމީހުންނަށް ފެންނަ ގޮތަށް ނަޞޭޙަތް ދިނުމުން ކުރިމަތީގައި ބަސްބުނެ ޖަދަލު ނުކުރާށެވެ! ދުނިޔެއަށް އުފަންވީންސުރެ އެހީތެރިވެދީ ބަލައި ބޮޑުކުރަނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމުގެ އަގު ވަޒަންކުރަންވާނެއެވެ."

 

މިއަދު އޮންލައިން