އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ އެމީހުންގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ އެމީހުންގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުން!

އަހަރެމެން ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ފާފަތައް ކުރެވޭ މީހެކެވެ.  ގިނަގިނައިން ތައުބާވާންޖެހޭ މީހެކެވެ. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކީ އެމީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހަކަށް ވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.! އެފަދަ މީހަކަސްވުރެ ނިކަމެތިކަން ބޮޑީ ކާކުގެ ހެއްޔެވެ؟ 

ކޮންމެ މީހަކަށް ނަމަވެސް ލިބޭނެ އެންމެ ބޮޑު ހިތާމައަކީ އެމީހަކީ އެމީހަކީ އެމީހެއްގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހަކު ކަމުގައިވުމެވެ. އެފަދަ ބައަކު ވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! 

"ހަމަކަށަވަރުން، އެއުރެން އީމާންވުމަށްފަހު، ކާފިރު ވެ، ދެން ކާފިރުކަން އިތުރުވީ މީހުންގެ ތައުބާ ޤަބޫލު ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ." (އާލްޢިމްރާން: 90) 

މީސްތަކުންނޭވެ! މީހަކު ކާފިރުވެއްޖެ ކަމަށް ކަނޑައެޅުމަކީ މީސްތަކުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ނަމަވެސް އެމީހާގެ އަމަލުތަކުން އެކަން ފެންނަ ކަމުގައިވާނަމަ އެއޮތީ އެކަން އެނގޭށެވެ! އެކަން ޖެހޭނީ ޤަބޫލުކުރާށެވެ! އެހެނީ އިސްލާމް ކަމަކީ ހަމައެކަނި ދުލުން ބުނާ ބަހެއް ނޫނެވެ. އިސްލާމްކަން ފުރިހަމަވާނީ ހިތުގައި އީމާންކަން އޮވެ އެކަން ޢަމަލުން ދެއްކުމުންނެވެ. 

އެހެންކަމުން ކިތަންމެ ބާރަށް ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނި ނަމަވެސް އެމީހެއްގެ އިސްލާމްކަން ފުރިހަމައެއް ނުވެއެވެ. އިސްލާމްކަން ފުރިހަމަ މުއުމިނަކަށް ވެވޭނީ އީމާންވެގެން ހުރި ކަންކަމަށް ފުރިހަމައަށް ޢަމަލުކުރުމުންނެވެ. ﷲ ތައާލާއަށް އީމާންވުމުން އޭނާ އެހެރީ އިސްލާމްވެގެންނެވެ. އެއީ ކުރަން ވަރަށް ފަސޭހަވެސް ކަމެކެވެ. ނަމަވެސް ފުރިހަމަ މުއިމިނަކަށް ވުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެހެނީ އެމީހާގެ ޢަމަލުތަކުން އެކަން ފެންނަން ޖެހޭނެތީއެވެ. 

"އަދި އީމާން ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެއުރެންގެ ޝައިޠޯނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރު ވެރިކަމުގައި އެއުރެންގެތެރެއިން ކުރިއަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިއަަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބައަކީމުއެވެ." (އަލްބަޤަރާ: 14)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން