އަނބިމީހާއަށްވުރެ މާރީތި އަންހެނަކު ފެނުމުން އަނބިމީހާ ވަރިކޮށް އޭނާ އާއި ކައިވެނިކުރަންބޭނުންވި ޒުވާނެއްގެ ގާތުގައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ!
ތިބާގެ އަނބިމީހާއަކީ ވަރަށް ހިތް ރީތި އަންހެނެކެވެ! އޭނާގެ އަޚަލާޤާއި ތަޤްވާވެރިކަން ހުރިވަރު އަހުރެންނަށް ރަނގަޅަށް އެނގެއެވެ. ވީމާ ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟
ރީތި އެންމެ ހިތެއް ލިބުނަސް ރީތި 1000 މޫނު ލިބުމަށްވުރެ މާފައިދާ ބޮޑެވެ! ރީތިވާން އުފައްދަމުންދާ ކިރިމިތަކާ ލޯޝަންތަކުގެ ސަބަބުން ރީތި، ކުލައަލި ދޮން މޫނުތައް މިހާރު ވަރަށް ގިނައެވެ. ރީތި ހިތެއް ލިބުން މިހާރު މިވަނީ ވަރަށް ދަތި، އުނދަގޫ ކަމަކަށްވެފައެވެ. ހަމަ މަދުކަމުންނެވެ. ކިތަންމެ ބޮޑު އަގެއް ދީގެންވެސް ހަނެވޭނީ ލިބެންހުރިނަމަ ނޫންހެއްޔެވެ؟
ވީމާ ރީތި މޫނެއް ހޯދަން ރީތި ހިތެއް އެއްލާލައިފިނަމަ އެކަން ވާނީ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ގެއްލުމަކަށެވެ! ވަރަށް ބޮޑު އަނިޔާއަކަށެވެ! އަދި އެއީ ފޫބެއްދޭނެ ކަމެއްވެސް ނޫނެވެ. ސަބަބަކީ ރީތި ހިތެއްކަން އެނގޭއިރަށް އެއިގެ އަގު އެނގޭ އެންމެން ދަހިވެތިވެ އަވަސް އަވަހަށް ޖަހައިގަންނާނެތީއެވެ. ފަހުން ކިތަންމެ ބޮޑު އަގެއްދިންނަމަވެސް އަނބުރައި ގަންނަންވެސް ނުލިބޭނެތީއެވެ.
ވީމާ ތިއައީ ހަމަ އެއްގޮތަކަށްވެސް ކުރަންހެޔޮވާވަރުގެ ކަމެއް ނޫނެވެ!
- އަލަފް