ރީތިވާން ސަމާލުކަންދީ ބޮޑެތި ހޭދަތައް ކުރަމުން އައި ދަރިއަކަށް މަންމަ ދިން އަގުހުރި ނަޞޭޙަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރީތިވާން ސަމާލުކަންދީ ބޮޑެތި ހޭދަތައް ކުރަމުން އައި ދަރިއަކަށް މަންމަ ދިން އަގުހުރި ނަޞޭޙަތް-

އޭނާގެ ދަރިފުޅު އެންމެ ބޮޑަށް ސަމާލުކަންދެނީ ހަށިގަނޑުގެ ސިފަރީތިކުރުމަށެވެ. ލިބޭ މުސާރައިން ބޮޑުބައެއްވެސް ހޭދަކުރަނީ އެކަމަށެވެ. އެހެންވެ ނަޞޭޙަތުގެ ގޮތުން މަންމަ ބުންޏެވެ. 

"ދަރިފުޅާއެވެ. ދަރިފުިޅުގެ ވިސްނުން އަދި ރަނގަޅެއް ނޫނެވެ! އަންހެނާގެ ރީތިކަން ވަނީ އޭނާގެ ބޭރުފުށަކު ނޫނެވެ! އޭނާގެ ހިތުގައެވެ! ތަޤްވާވެރިކަމުގައެވެ! ވީމާ ގައިގެ ކުލަ ދޮންކޮށް ބުރުސޫރަ ރީތިކުރަން ތިއަކުރާ މަސައްކަތުގެ ބަދަލުގައި އީމާންތެރިކަމާ ތަޤްވާވެރިކަން އިތުރުކޮށް ހިތް ރީތިކުރަން މަސައްކަތް ކުރާށެވެ! 

ބޭރުފުށުގެ ރީތިކަން ބޮޑުވިވަރަކަށް ފަހަތުން އަޅައިގަންނަ ފިރިހެނުން ގިނަވެދާނެއެވެ. ނަމަވެސް އެމީހުން ދަރިފުޅާއިއެކު އަބަދަކު ނުތިބޭނެއެވެ. ދަރިފުޅުގެ ތަޤްވާވެރިކަމާއި ހިތް ރީތިކަން އެނގިގެން ދަރިފުޅާއި ގުޅޭ ފިރިހެނުން ދަރިފުޅާއިއެކު ތިބުން ގާތެވެ! ވީމާ މަސައްކަތްކުރަންވީ ހަމަ ތަގްވާވެރިކަން އިތުރުކުރުމަށާއި ހިތް ރީތިކުރަން ނޫން ހެއްޔެވެ؟" 

މިއީ މަންމައަކު އޭނާގެ ދަރިފުޅަސް ދީފައިވާ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅަކަށްވުމުން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ހުށަހަޅައިލީއެވެ!  

 

 

 

 

މިއަދު އޮންލައިން