މީސްތަކުން ދެރަވެ ނިކަމެތިވަމުން މިދާ ސަބަބު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މީސްތަކުން ދެރަވެ ނިކަމެތިވަމުން މިދާ ސަބަބު: މުފްތީ މެންކް

ގިނަ ބައަކު ކަންބޮޑުވަނީ ކުރިއެރުން ލިބޭތީއެވެ. ބުރަ މަސައްކަތްތަކަކަސްފަހުގައި ލިބޭ އެތިކޮޅުވެސް ދާދި އަވަހަށް އަތުން ބީވެގެންދާތީއެވެ. ވީމާ މިކަންކަން މެދުވެރިވަމުން މިދާގޮތަކާއިމެދު ވިސްނައިލަމާހެއްޔެވެ؟

މީސްތަކުން މިއަދު ދެރަވެ ނިކަމެތިވަމުން މިދަނީ ﷲ ތަޢާލާ ނޫން ފަރާތްތަކުން ވާގިއެދިގެން ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރެވޭތީއެވެ! ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތްގޮތަށް ކުރިއެރުން ހޯދަން މަސައްކަތްކުރެވޭތީއެވެ.

ޔަޤީންކުރާށެވެ! ތަޤްވާވެރިވެ ނަމާދުން ވާގި އެދޭ މީހާ ދެރަކޮށް ނިކަމެތި ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! އެހެނީ އެފަދަ ކޮންމެ މީހެއްގެ ހިތްވެސް ފުރިފައިވާނީ ﷲ ތަޢާލާއިންނެވެ. އީމާންކަމުންނެވެ. ތަޤްވާވެރިކަމުންނެވެ. އެފަދަ ހިތެއްގެ ވެރިއަކު ދެރަކޮށް ނިކަމެތި ކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ! އެފަދަ މީހަކަށް އެއްވެސް ދެރައެއް ދިނުމުގެ ފުރުޞަތު ﷲ ތަޢާލާ ނުދެއްވަވާނެތެވެ!

އެކަން އެނގި ޔަޤީންވަނީ ވެސް ހަމަ ކީރިތި ޤުރްއާނުންނެވެ!

ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިވެ ނަމާދުން ވާގިއެދޭ މީހުންނާއިއެކުގައި ކަމަށް ﷲ ތަޢަލާ ވަޙީ ކުރައްވަވާ ބަސްފުޅަކީ އެފަދަ މީހުންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެ ކަމުގެ ވަޢުދު ބަސްފުޅެކެވެ. ވީމާ އިތުބާރުކުރަންވީ މީހުން ދައްކާ ވާހަކަތަކަކަށް ނޫނެވެ. ﷲ ތަޢާލާގެ ވަޢުދު ބަސްފުޅަށެވެ.

ﷲ ތައާލާގެ ވަޙީ ބަސްފުޅު ދޫކޮށްލައި މީސްތަކުންނަށް އަޅުވެތިވެ މީސްތަކުންގެ ކިބައިން ވާގިއެދިގެން ރަނގަޅު ގޮތްތައް ހޯދަން މަސައްކަތްކުރާ މީހާއަށް އެމީހާގެ ބޭނުން ހާޞިލުކުރެވޭނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. އެގޮތުން ލިބޭ މިންވަރުވެސް ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ގެއްލިގެން ހިނގައިދާނެއެވެ. އިސާހިތަކު ބާކީވެދާނެއެވެ!

ނަމަވެސް ﷲ ތަޢާލާ ރަހްމަތް ލައްވަވައި ނިޢްމަތްތައް މިންވަރުކުރައްވަވައި ބަރަކާތް ލައްވަވައިފި ނަމަ އެ ނިޢުމަތްތަކުން އެމީހަކު މަޙްރޫމް ކުރުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެމީހާ އަބަދުވެސް ހުންނާނީ އުފާވެރިކަމުގައެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން