ސުވާލު:. އަސްލު އިސްލާމް ދީނުގައި ބުރުގާ އެޅުމަކީ އައުރަ ނިވާކޮށްދޭކަމެއްތޯ؟ ދެން ކީއްވެގެންބާ ބައެއް މަންމަމެން ބުރުގާ އަޅައިގެންހުރެ ދަރިންގެ ނާޅުވާ އެ ހުންނަނީ؟ އިސްލާމް ދީނުގައި މައިން ބަފައިންގެ މައްޗަށް ދަރިންނަށް ދީނުގައި އޮންނަ ގޮތް ކިޔާދިނުމަކީ ކިހާވަރެއްގެ ޒިންމާއެއްތޯ؟
ޖަވާބު:. ދަރިންނަށް ދީނީ ތަރުބިއްޔަތު ދިނުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެއް. ވާޖިބެއް. ކުޑައިރުއްސުރެ ކުއްޖާގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެ. އެކަންނުކޮށް ހުރެފައި ކުއްޖާ ބޮޑުވީމައި ނަމާދުކުރަން ބުނިނަމަވެސް އަދި ބުރުގާ އަޅަންބުނި ނަމަވެސް ކުދިން އެކަމަށް ފަސްޖެހުމަކީ ގާތްކަމެއް.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް