އަންހެން ކުދިންނަށް!: ފާފައެއް ކުރުވުމަކީ ކުރުވި މީހާއާ ކައިވެނިކުރަން ޖެހޭނެ ކަމެއް ނޫން! އެމީހަކާ ދުރުހެލިވާން ޖެހޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަންހެން ކުދިންނަށް!: ފާފައެއް ކުރުވުމަކީ ކުރުވި މީހާއާ ކައިވެނިކުރަން ޖެހޭނެ ކަމެއް ނޫން! އެމީހަކާ ދުރުހެލިވާން ޖެހޭ ކަމެއް!: މުފްތީ މެންކް

ޝައިޠޯނުން ދޭ ނުބައި ވަސްވާސްތަކުގެ ސަބަބުން މިހާރަކަށް އައިސް ބައެއް އަންހެން ކުދިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ ލައްވައި ފާފައެއް ކުރުވައިފިނަމަ އެއީ އެމީހަކާއި ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ކަމަށެވެ. އަދި ބައެއް ފަހަރު ކައިވެނިނުކޮށް އެފަދަ މީހުންގެ އަޅުންނަށްވެސް އެބަވެއެވެ. 

ލޮބުވެތި އަންހެން ދަރިންނޭވެ! ތިބާ ލައްވައި ފާފައެއް ކުރުވުމަކީ އެއްވެސް ޙާލެއްގައި އެކަން ކުރުވި މީހާ އާއި ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ނޫނެވެ. އަދި އެމީހަކަށް އަޅުވެތިވެ އެމިހާގެ ޝިކާރައަކަށް ވާންޖެހޭ ސަބަބެއްވެސް ނޫނެވެ.

ފާފައެއް ކުރެވިއްޖެ ނަމަ ފުރަތަމަވެސް އެކަމަށް ބިރުވެތިވެ ތައުބާވެ ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ! އަދި ފާފަކުރުވި މީހާ އާއި ކައިރިވެސް ނުވާށެވެ! ގުޅުން އެކުގައި ކަނޑައިލާށެވެ! ތިބާ ދެކެ އެއްވެސް މިންވަރަކަށް ލޯބިވާ މީހަކު ތިބާ ލައްވައި ފާފައެއް ނުކުރުވާނެއެވެ!

އެންމެ ބޮޑު އެއް ހިތާމައަކީ މަދުން ނަމަވެސް އެންމެ ގާތް މީހުންގެ ސަބަބުން ދަރިންނަށް މިފަދަ ނިކަމެތިކަން ލިބެމުން އަންނަ ކަމެވެ. މިއީ ވަރަށް ދެރަކަމެކެވެ. ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. އެކަމަށް ބައެއް މީހުންނަށް ވިސްނާނުލައި ޝައިޠޯނާގެ މަގު އިޚްތިޔާރުކުރެވެނީއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން