ސުވާލު:. أَسْتَغْفِرُ اللّٰهَ 100 ފަހަރު ކީމަ ކޮންމެ ދުވަހަކު 100 ފަހަރު ތައުބާވެވުނީތޯ؟ އަދި ކިއުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ؟
ޖަވާބު:. ލައްބަ. އޭރުން ތައުބާ ވެވުނީ! ކޮންމެ ވަގުތެއްވެސް ރަނގަޅުވާނެ! ހަމަ އެއާއެކު ތައުބާގެ މަތީގަ ދެމިހުންނަން މަސައްކަތްކުރަންވާނެ. އެއީ ކުރެވުނު ފާފަތަކާއިމެދު ހިތާމަކުރުމާ، އިތުރަށް ފާފައެއް ކުރެވިދާނެތީ ބިރުވެތިވުމާ، އިތުރު ފާފައެއް ނުކުރަން ޢަޒުމްކަނޑައަޅައި އެކަމަށް މަސައްކަތްކުރުން ފަދަ ކަންކަން ކުރުން.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް