ނަރަކައިގެ އެންމެ ބޮޑު ޢަޛާބު ލިބޭނީ އެންމެ މީހަކަށް! އެއީވެސް ކުޑަ ޢަޛާބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ނަރަކައިގެ އެންމެ ބޮޑު ޢަޛާބު ލިބޭނީ އެންމެ މީހަކަށް! އެއީވެސް ކުޑަ ޢަޛާބެއް ނޫން!

ނަރަކައިގެ އެންމެ ކުޑަ ޢަޛާބް ލިބިވަޑައިގަންނަވާނީ އަބޫޠާލިބްގެފާނަށެވެ! އަބޫޠާލިބްގެފާނަށް ލިބިވަޑައިގަންނަވާނެ ޢަޛާބު ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ރަސޫލް () އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބްގެފާނާއި ބެހޭގޮތުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "އުންމީދުކުރެވެނީ ތިމަންކަލޭގެފާނުގެ ޝަފާޢަތުން އެކަލޭގެފާނަށް (ބޮޑުބޭބޭފުޅަށް) ޤިޔާމަތް ދުވަހު ފައިދާކުރާނެ ހެންނެވެ. އެއިރުން އެކަލޭގެފާނު އޮންނަވާނީ ނަރަކައިގެ އެންމެ ތިލަތަނުގައެވެ. އަލިފާން ހުންނާނީ އެކަލޭގެފާނުގެ ތަނބިކަށްޓާއި ހަމައަށެވެ. އެހެން ނަމަވެސް ހޫނުގެ ސަބަބުން އެކަލޭގެފާނުގެ ސިކުނޑި ހުންނާނީ ކެކިކެކިއެވެ." (ޞަޙީހް މުސްލިމް: 310) 

"ނަރަކައިގެ ތެރެއިން އެންމެ ދަށުދަރައިގެ މީހަކަށް ލިބޭނެ ޢަޛާބަކީ އަލިފާނުން ހުރި ފައިވާންޖޯޑަކަށް އެރުވުމެވެ. އެފައިވާނުގެ ހޫނު ގަދަކަމުން ސިކުނޑި ހުންނާނީ ކެކި އަރައަރައެވެ." (ޞަޙީހް މުސްލިމް: 311) 

"ނަރަކައިގެ ތެރެއިން އެންމެ ލުއި ޢަޛާބެއް ލިބޭނެ އެކަކީ އަބޫ ޠާލިބެވެ. އެއިރު އެކަލޭގެފާނު ވާނީ ފައިވާން ޖޯޑަކަށް އަރައިގެންނެވެ. ފައިވާން ޖޯޑުގެ ހޫނުކަމާއިހުރެ ސިކުނޑި ހުންނާނީ ކެކި އަރައަރައެވެ." (ޞަޙީޙް މުސްލިމް: 312) 

އަހަރެމެންގެ ތެރެއިން ނަރަކައިގެ ޢަޛާބުގެ ކަންކަން ދެނެގަތުމަށް މަސައްކަތްކުރެއެވެ. އެންމެ ގަދަފަދަ ޢަޛާބަކީ ކޮބައިކަން ދެނެގަތުމަށްވެސް މަސައްކަތްކުރެއެވެ. އެއީވެސް ހަމަ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ފާފަކުރަން ޖެހިލުންވުން އިތުރުވާނެތީއެވެ. ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރަން އިތުރު ޙިތްވަރު ލިބޭނެތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން