ދަރިންނަށްޓަކާ ގިނަގިނައިން ކުރަންވީ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ދަރިންނަށްޓަކާ ގިނަގިނައިން ކުރަންވީ ދުޢާއެއް!

ފުރަތަމަ ކަމަކަށް ދަރިންނަށް ކާންދޭ ތަކެއްޗަކީ ޙަލާލްތަކެތިކަމުގައި އަދި ޙަލާލް ގޮތުގައި ހޯދާފައިވާ ތަކެތިކަން ކަށަވަރުކުރާށެވެ! ހަމައެއާއިއެކު ތިމާވެސްކައިބޮއިހަދަނީ އެފަދަތަކެތިކަން ކަށަވަރުކުރާށެވެ! 

ދެވަނަ ކަމަކަށް ދަރިންނަށް ދީން އުނގަންނައިދޭށެވެ! އަދި ދަރިންނަކީ ނަމާދަށް ރައްކައުތެރިވާ އަދި ނަމާދުކުރުމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! އަދި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

"ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އިނބަ ﷲ މަގު އިޚްތިޔާރުކުރާ ތަޤްވާވެރިން ކަމުގައި ލައްވަވައި ދެއްވަވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ އަޅަމެން މަރުވުމުން ވެސް އިސްލާމް ދީނުގައި ސާބިތުވެ ތިބޭ ބައަކުކަމުގައާއި އަޅަމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން.

 

މިއަދު އޮންލައިން