ޢަލީ ރަމީޒުގެ ޒުވާން އުމުރުގަވެސް 5 ނަމާދު ކުރިއެވެ! ސުވާލު އުފައްދާމީހުންނަށް 5 ނަމާދަށް ރައްކާތެރިވެވުނު ހެއްޔެވެ؟ ރައްކާތެރިވަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޢަލީ ރަމީޒުގެ ޒުވާން އުމުރުގަވެސް 5 ނަމާދު ކުރިއެވެ! ސުވާލު އުފައްދާމީހުންނަށް 5 ނަމާދަށް ރައްކާތެރިވެވުނު ހެއްޔެވެ؟ ރައްކާތެރިވަމު ހެއްޔެވެ؟

އިސްލާމް ދީނަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރަން ރާއްޖޭގައި އެންމެ ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަލީ ރަމީޒުގެ ޒުވާން އުމުރުގެ ވާހަކަތައް އެގޮތް މިގޮތަށް އަނބުރާ މީހުންނަށް ސުވާލެއް ކޮށްލަން ބޭނުންވެއެވެ. 

ޢަލީ ރަމީޒު ލަވަކީ ދުވަސްވަރުގައިވެސް އެންމެ ބޯދިގު ދުވަސްވަރުގައިވެސް ފަރު 5 ނަމާދަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައި ނަމާދުތައް ކުރެއްވެވިއެވެ. ސުވާލުތައް ތިއަ އުފައްދާ މީހުން އެއުމުރުގައި ފަރުޟު 5 ނަމާދަށް ރައްކައުތެރިވީން ހެއްޔެވެ؟ މިހާރު އެބަ ފަރުޟު 5 ނަމާދު ކުރަމު ހެއްޔެވެ؟ އެންމެ ފުރަތަމަ ވިސްނާލަންވީ އެކަންކަމަކަށް ނޫންހެއްޔެވެ؟ 

މައުލޫމާތަށްޓަކައި ފާހަގަކޮށްލަމެވެ. ޢަލީ ރަމީޒް ލަވަކީ ދުވަސްވަރަކީ ލަވައާއި މިޔުޒިކަކީ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރަން ނުވަތަ ދިރުވަން ކުރަންޖެހޭ ކަމެއް ކަމަށް ދައްކަން ސަރުކާރުން ރަމަޟާން މަހު މިޔުޒިކް ޝޯތައް ބާއްވަމުން ގެންދިއަ ދުވަސްވަރެކެވެ. ބޭއްވީވެސް ޓީވީ މޯލްޑިވްސްގެ ގޯތިތެރޭގައެވެ. އަދި ލަވަކިޔުމަކީ ނުވަތަ މިޔުޒިކްކުޅުމަކީ ޙަރާމްކަމެއް ކަމަށް ބުނުމުން އެމީހަކަށް އަދަބުދެމުން އައި ދުވަސްވަރެކެވެ. 

އެފަދަ ދުވަސްވަރެއްގައި އެއީ ޙަރާމްކަމެއްކަމެއްކަން ނުއެނގިހުރެ ލަވަކީފައިވުމަކީ ޚާއްޞަކޮށް އެކަން ހުއްޓާލައި ތައުބާވެ އެކަން އިއުލާނުކުރުމުން އެކަމުގެ ވާހަކަ ދެއްކުމަކީ ކިހައިވަރެއްގެ ނުބައިކަމެއްކަން އަމިއްލައަށް ނުއެނގޭނަމަ ދީނީ ޢިލްމުވެރިއެއްގެ ގާތުގައި އަހައި އޮޅުންފިލުވައިލުން ރަނގަޅުވާނެއެވެ. 

ހަނދާންކޮށްލާށެވެ! ލަވައާއި މިޔުޒިކަށް ރާއްޖޭގެ ސަރުކާރުން އަންނަނީ ބޮޑެތި ޚަރަދުތައް ކުރަމުންނެވެ. އޮލިމްޕިއަންސް އާއި ތަފާތު ނަންނަމުގައެވެ. މިހާރު ޚަރަދުކުރަނީ ބޮޑެތި ޝޯތައް ބާއްވާށެވެ! ސަރުކާރުން ކުރާ މިބޮޑު ފާފައިގެ ސަބަބުން ގިނަ ބައަކަށް މިޔުޒިކްގެ ޙަޤީޤަތް މިހާރުވެސް ވަނީ އޮޅިފައެވެ. 

ކުޑަކުޑަ އެއް ކަމެއް ފާހަގަކޮށްލާނަމެވެ. ސައުދިޢަރަބިޔާގައި ބޭއްވި ޢިލްމުވެރިންގެ މަހާސިންތާއެއްގައި މިޔުޒިކާއި ބެހޭގޮތުން ހޫނު ބަހުސެއް ކުރެވުނުވެ. ބަހުސް ހޫނުވުމުން ޢިލްމުވެރިއަކު ތެދުވެވަޑައިގެން ވިދާޅުވިއެވެ. "މިތަނުގައި އިން އެއްވެސް ޢިލްމުވެރިއަކު ތެދުވެ މޫނު ދައްކާލާފައި "މިހާރު މިބާއްވާ ޝޯތަކުގައި މިކުޅޭ މިޔުޒިކާއި ކިޔާ ލަވަތަކަކީ އިސްލާމް ދީނުގައި ހުއްދަކަމަށް ތިއަބުނާ އިމުގެ ތެރެއަށް އެއްވެސް މިންވަރަކަށް ފެތޭ އެއްޗެއް ކަމަށް ނިކަން ބުނެބަލާށެވެ!" ބަހުސްކުރަމުން ދިއަ ހަމައެކަކަށްވެސް ތެދުވެ ބަހެއް ބުނާކަށް ނުކެރުނެވެ. 

ވީމާ މިހިރަ މިހިރަ ކަންކަމަކީ އަމިއްލަ އަށް ވިސްނައި ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރަންވީ ކަންކަން ކަމަށް ދެކެމެވެ.

މިއަދު އޮންލައިން