އަތުގައި ފައިސާ ނެތުމަކީ ޞަދަޤާތް ނުކުރެވެންވީ ސަބަބެއް ނޫނެވެ! ކުރާ ކޮންމެ ދުޢާއަކީވެސް ޞަދަޤާތެކެވެ!
ވީމާ ކުރާ ކޮންމެ ދުޢާއެއްގައިވެސް ފަޤީރު، ނިކަމެތިންނަށާއި ހިތާމަ އާއި ހިތްދަތިކަމުގައި ތިބި އެންމެންނަށް ހެޔޮ ދުޢާކުރާށެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތިވެ ޙާލުގައި ޖެހިފައި ތިބި އެންމެން ދުޢާގައި ޝާމިލުކުރާށެވެ!
އެ ދުޢާގެ ސަބަބުން ވެސް ތިބާއަށް ރަޙްމަތް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ