ކަންބޮޑުވަނީ ހެއްޔެވެ؟ ފުރިހަމަ ގޮތުގަ ސަޖިދަކުރުން ގިނަކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކަންބޮޑުވަނީ ހެއްޔެވެ؟ ފުރިހަމަ ގޮތުގަ ސަޖިދަކުރުން ގިނަކޮށްލާށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސަޖިދަކުރަން އޮތް ގޮތަށް ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދަކުރުން ގިނަކޮށްފި މީހާއަށް އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ. އެހެނީ އޭނާ ޢަމަލުން އެ ސާބިތުކޮށްދެނީ އޭނާގެ ކިޔަމަންތެރިކަމެވެ. ﷲ ތައާލާއަށް ކިޔަމަންތެރި އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

ސަޖިދަކުރުން މިކިޔަނީ ނަމާދުގައި ނިތްކުރި ހިމެނޭ ގޮތަށް 7 ގުނަވަންމަތީގައި ނިތްކުރި ބިންމަތީގައި ޖެއްސުމަށެވެ. ސަޖިދަ ކުރުމުގެ ޙަޤީޤީ މާނައަށް ބަލައިފިނަމަ އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. މުސްލިމުން އެމީހުންގެ ނިތްކުރިތައް ސަޖިދައިގައި ބިންމަތީގައި ޖައްސަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. މީސްތަކުންގެ ނިކަމެތިކަން ބަޔާން ކުރުމަށެވެ.

މުސްލިމުން ނިކަމެތިވާނީވެސް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ސަޖިދަކުރާނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ.

ޤިޔާމަތް ދުވަހު ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށްވެސް ކުރަން އޮތް ކަމަކީ ސަޖިދަކުރުން ގިނަކުރުން ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މި ޙަދީޘްފުޅުގައި އެވަނީ ސުންނަތް ނަމާދުތައް ގިނަކުރުމަށެވެ. ވީމާ ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ހަމައެކަނި ފަރުޟު ނަމާދުކުރުމަކުން ނުފުދެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރަން ޖެހެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން