މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތާ ލިބޭނެ އެންމެ ބޮޑު ދެރަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތާ ލިބޭނެ އެންމެ ބޮޑު ދެރަ-

ކޮންމެ މީހަކަށްވެސް މުޞީބާތްތައް ކުރިމަތިވާނެއެވެ. ދެރަވެ ހިތާމަކުރަންވެސް ޖެހޭނެއެވެ. ނަމަވެސް މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތާއި ލިބޭނެ އެންމެ ބޮޑު ދެރައަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ 

"(ހިތާމައެއް މެދުވެރިވުމުން) ކޯތާފަތުގަ ތަޅާ މީހުންނާއި، ކަރުވަޅު ވީދާ މީހުންނާއި، ޖާހިލިއްޔަ ޒަމާނުގެ ގޮވެލިފަތި ގޮވާ މީހުންނަކީ ތިމަންމެން އުޅޭ ގޮތަށް އުޅޭ ބައެއް ނޫނެވެ!" "...ހަމަކަށަވަރުން ރަސޫލް () ވަނީ (މުޞީބާތެއް ޖެހުމުން) އަޑުލާ ރޯ މީހާ އާއި ހެދުން ވީދާ މީހާގެ ކިބައިން ބަރީޢަވެވަޑައިގެންފައެވެ!" (ޞަޙީޙް ބުޚާރީ: 1296، 1294) 

އެމީހަކީ އެމީހެއްގެ ކިބައިން ރަސޫލް ބަރީޢަވެވަޑައިގެންފައިވާ މީހަކު ކަމުގައިވެއްޖެނަމަ އެމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އޭނާއަށް ލިބޭނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ ވީމާ ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް، ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވިނަމަވެސް އެމީހާގެ ޢަމަލުތައް މިޙަދީޘްފުޅުގައިވާ އިންތަކުގައި ބަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން