ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ތާއީދެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ތާއީދެއް ނުލިބޭނެ!

މީހަކު ނުވަތަ މަދު ބައަކު ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ބޭނުންވިނަމަވެސް ބަރުލަމާނީ ނިޒާމަށް ރައްޔިތުންގެ ތާއީދުވެސް އަދި އެމްޑީޕީގެ ތާއީދުވެސް ނުލިބޭނެކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން އެބަގެންދަވައެވެ. 

އެބޭފުޅުން މިމޭރުމުން ވިދާޅުވަމުން ގެންދަވާއިރު އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް މިހާރުވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވައިފައެވެ. 

ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެއެވެ. ރައީސް ނަޝީދުވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކުރެވި އަންނަ އަހަރުގެ ފެބްރުވަރީމަސް ހައިތަނުގައި ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެވި ވެރިކަން ހިންގަން ފޭށޭނެ ކަމަށް ވިދާޅުވެފައެވެ. 

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންވެސް ވަނީ އެއީ ރާއްޖޭގައި ވެރިކަންކުރަން ކަމުދާ ނިޒާމެއް ނޫންކަމަށް ވިދާޅުވެފައެވެ. 

"ބަރުލަމާނީ ނިޒާމަކީ ރާއްޖެއާ އެކަށޭނަ ނިޒާމެއް ނޫން! ރާއްޖޭގެ މިއަދުގެ ޙާލަތުގައި ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވެ، ރައްޔިތުން ބައިބައިވެ ރައްޔިތުން ޙާލުގައި ޖެހުން ފިޔަވައި އިތުރު މޮޅު ކަމެއް ނުވާނެ." 

- ޝައިޚް އިމްރާން ޢަބްދުﷲ  

މިއަދު އޮންލައިން