ޤުރްއާން މަޖީދާއި ޤުރްއާން ކަރީމްގަ އެއްވެސް ތަފާތެއް ހުރޭތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޤުރްއާން މަޖީދާއި ޤުރްއާން ކަރީމްގަ އެއްވެސް ތަފާތެއް ހުރޭތޯ؟

ޤުރްއާން މަޖީދާއި ޤުރްއާން ކަރީމްގަ އެއްވެސް ތަފާތެއް ހުރޭތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ!

އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް މުޞްޙަފްތަކުގައި އަލްޤުރްއާނުލް މަޖީދު އަދި އަނެއްބައި މުޞްޙަފްތަކުގައި އަލްޤުރްއާނުލް ކަރީމް ލިޔެފައި ހުންނާތީ ފެނެއެވެ. އެދެގޮތަށް ލިޔެފައިވާ މުޞްޙަފްތަކަކީ ވެސް ޙަޤީޤަތުގައި އެއްވެސް ތަފާތެއް ހުރި މުޞްޙަފްތަކެއް ނޫނެވެ. އެއީ ޤުރްއާން ސިފަކުރުމަށްޓަކައި ބޭނުން ކުރާ ދެނަމެވެ. އަލްމަޖީދްއާއި އަލްކަރީމްއެވެ. މި ދެނަމުން ޤުރްއާނުގައި ﷲ ތަޢާލާ ޤުރްއާން ސިފަކުރައްވާފައިވެއެވެ.

﴿ إِنَّهُ لَقُرْآنٌ كَرِيمٌ ﴾ – الواقعة 77 

ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާންކަން ކަށަވަރެވެ. 

﴿ بَلْ هُوَ قُرْآنٌ مَّجِيدٌ ﴾ – البروج 21 

އަދި ކިއެއްތަ އެއީ މާތް ޤުރްއާން އެވެ. 

ޤުރްއާނުގައި ﷲ ތަޢާލާ ޞިފަކުރައްވާފައިވާ ޞިފަފުޅަކުން ޤުރްއާން ސިފަކުރުމަކީ އެއްވެސް މައްސަލައެއް އެކަމުގައި އޮތް ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރާ ފަދައިން ޤުރްއާން މަޖީދާއި ޤުރްއާން ކަރީމަކީ އެއީ އޭގައި އެއްވެސް ތަފާތެއް ހުންނަ ފޮތެއް ނޫނެއެވެ. އެއީ ޤުރްއާން ޞިފަކުރުމަށްޓަކައި ބޭނުންކުރާ ދެ ނަމެކެވެ. މާނައަކީ “މާތް” އެވެ. މާތް ޤުރުއާނެވެ ބުނުމަށްޓަކައި ބޭނުންކުރާ ދެ ލަފުޒެވެ. 

ވަﷲ އަޢުލަމް 

- ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން