ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ކެތްތެރިވެ އަޅުކަންކުރުންމަތީގަ ދެމިހުރެ ދުޢާކުރުންމަތީގައި ސާބިތުވާށެވެ. އަދި ކިތަންމެ ހިތްދަތި ޙާލުގައި އުޅެން ޖެހުނަސް މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދައި ސުވަރުގެ ލިބިގަތުމަށް ކަމަށެވެ.
ދުނިޔޭގައި ހިތްދަތި ޙާލަތުތައް މިންވަރު ކުރައްވަވާނެއެވެ. އެއީ އަހަރެމެންގެ އީމާންކަން އިމްތިޙާން ކުރެއްވެވުމަށެވެ. ކެތްތެރިކަން ލިބިފައިވާ މިންވަރު އިމްތިޙާން ކުރެއްވެވުމަށެވެ. އެކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކޮށްގެން ހުންނަ މީހަކަށް ކެތްތެރިވުމުގެ ބާރު ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ
މުފްތީ މެންކުގެ މިބަސްފުޅަށް ވިސްނައިލާށެވެ! ހިތާމަތަކާއި ހިތްދަތިކަމުގައި އުޅެންޖެހިފައިވާ ކޮންމެ މީހަކަށް އެއީ ވަރަށް އަގުހުރި ނަބޭޙަތެކެވެ!
"އަހަރެމެންނަށް ކުރިމަތިވެފައިވާ ޙާލު ﷲ ދެކެދެނެވޮޑިގެންވެއެވެ. އަހަރެމެންގެ ލޮލުން ފައިބާ ކަރުނަދެކެވޮޑިގެންވެއެވެ. ކުރާ ދުޢާ އައްސަވައިވޮޑިގެންވެއެވެ.
ކޮންމެ ޙާލަތެއްގައިވެސް އުންމީދުކުރަންވީ ކުރިމަތިވެފައިވާ މުޞީބާތުން ވަރަށް އަވަހަށް ސަލާމަތްކޮށްދެއްވަވާނެ ކަމަށެވެ. އަހަރެމެންނާއި އެންމެ ގާތުގައި ވޮޑިގެންވުމަކީ ﷲ ތަޢާލާގެ ވަޢުދުބަސްފުޅެކެވެ.
އަބަދުވެސް ކެތްތެރިވެ ޔަޤީންކުރަންވީ އެމީހަކަށް ސުވަރުގެ ލިބުމުން ދުނިޔޭގައި ކުރިމަތިވި އެއްވެސް ހިތްދަތިކަމެއްގެ ހަނދާންވެސް ނުހުންނާނެ ކަމެވެ."
– މުފްތީ މެންކް