"ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެންނެވެ. ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެވެ. ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫނެވެ."
- ޤާސިމް އިބްރާހީމް
މިއީ ރާއްޖޭގައި ވެރިކަން ކުރަންވީ ނިޒާމާއި ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ބަސްފުޅެވެ. ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޤާސިމް އިބްރާހީމް ގެންދަވަނީ އަބަދުވެސް ދެކޮޅު ހައްދަވަމުންނެވެ.
"ބަރުލަމާނީ ނިޒާމު ގެނެސް ފުރަތަމަ ބޮޑުވަޒީރަކަށް ޤާސިމް އިބްރާހީމް ރަނގަޅުވާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންވެސް ޤާސިމް އިބްރާހީމް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައިފައެވެ.
ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެންނެވެ. ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެވެ. ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫނެވެ. pic.twitter.com/mBr6vH6ia0
— Qasim Ibrahim (@qasimibrahim) August 16, 2022