ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވެ ބާޒާރު މިހާރު އޮތީ ޖީބުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވެ ބާޒާރު މިހާރު އޮތީ ޖީބުގަ!

ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެ ތެރެއިން ބާޒާރުތައް ކައިރިވާނެ ކަމަށް އޮތް ޙަދިޘް ބަސްފުޅަށް ވިސްނަވައިލައްވަވާށެވެ! ދާދި ފަހަކާއި ޖެހެންދެން ބާޒާރަށް ދާން ބޭނުންވެއްޖެ ނަމަ ރަށުގެ ބާޒާރު ސަރަހައްދަށް ދަތުރުކުރަން ޖެހެއެވެ. ދާން ޖެހެއެވެ.

ނަމަވެސް މިއަދު ގެއިން ނުކުންނައިރު ފިހާރަތަކެވެ. ބާޒާރަށް ދާކަށް ނުޖެހެއެވެ. ގެއިން ނުކުމެފައި ފިހާރަތަކަށް ވަންނަންވީއެވެ. އަދި ކީއްހެއްޔެވެ؟ ދުނިޔޭގެ ބާޒާރުތައް ކައިރިވެ މީސްތަކުންގެ ޖީބަށް ވަދެއްޖެއެވެ. މިއަދު އެންމެ ގިނަ ބައަކު ބާޒާރުކުރަނީ ފޯނުންނެވެ. ގޭގައި ހުރެ ފޯނުން ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ އުފެއްދުމެއް ނަމަވެސް ފަސޭހަކަމާއިއެކު ގަނެލެވެއެވެ. ވީމާ ބާޒާރުތައް ކައިރިވާނީ މިހައިވަރަކަށް ނޫންތޯއެވެ!

--ޝައިޚް ޝުޢައިބް ނާޒިމް

ހަމައެކަނި ބާޒާރުތައް ކައިރިވެފައި ނުނީއެއް ނޫނެވެ. ވަގުން ތިޖޫރީ ފަޅައި ފައިސާ ނަގަން މިހާރު ތަންތަނަށް ވަންނާކަށްވެސް ނުޖެހެއެވެ. ހުރިތަނެއްގައި ހުރެގެން ބޭންކުގައި މީހުން ބަހައްޓާފައި ހުންނަ ފައިސާކޮޅު އެކަހައިލަނީއެވެ. ލިބޭ މައުލޫމާތަށްބަލާއިރު މިހާރު އެންމެ ގިނައިން ވައްކަންކުރާކަމަށްވަނީ ތަންތަން ނުފަޅައި ބޭންކުގައި ހުންނަ އެކައުންޓްތައް ފަޅައިގެންނެވެ.

މިފަދަ ކޮންމެ ކަމެއްވެސް ހިނގާނެއެވެ! ޢަލާމާތްތައް ފައުޅުވާނެއެވެ! އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. މީސްތަކުންނަށް އޮތީ މިފަދަ ކޮންމެ ކަމަކަށް ވިސްނައި މިފަދަ ޒަމާނެއްގައި ޝައިޠޯނާ ޙަރަކާތްތެރިވާނެ މިންވަރަށް ވިސްނައި ހޭލުންތެރިވުމެވެ. ޝައިޠޯނާގެ ދަންތުރައިގައި ނުޖެހި ތިމާގެ ޢަމަލުތައް ހެޔޮ ގޮތުގައި ބަހައްޓައި ސުވަރުގެ ލިބިގަތުމްށް ގަދައަޅައި މަސައްކަތްކުރުމެވެ.

މިއަދު އޮންލައިން