ފާޙީޝް ޢަމަލުތައް ކުރަން ހިތްވަރުދީ ފަތުރަން މަސައްކަތްކުރާ މީހާއާ އެފަދަ ޢަމަލުތައް ކުރާ މީހާއާ އެއްފަދަ!: ޝައިޚް މޫސާ އަންވަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ފާޙީޝް ޢަމަލުތައް ކުރަން ހިތްވަރުދީ ފަތުރަން މަސައްކަތްކުރާ މީހާއާ އެފަދަ ޢަމަލުތައް ކުރާ މީހާއާ އެއްފަދަ!: ޝައިޚް މޫސާ އަންވަރު

ފާޙީޝްކަންކަން ފެތުރުމުގެ ނުބައިކަން: 

މާތް الله سبحانه وتعالي އާއި އެކަލާނގެ ރަސޫލާގެ ލަޢްނަތާއި ވަޢީދު ހުރިކަން ބަޔާން ކުރައްވާފައިވާ ހުތުރުކަންބޮޑު ފާފައިގެ ވާހަކަ އާއި، އެ ފަދަ عمل، ތައް ފެތުރުމަށް މަސައްކަތް ކުރާ މީހުން އުޅޭކަމީ ހިތާމަ ހުރިކަމެވެ. 

އެފަދަ މީހުންނަށް ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب ހުރި ވާހަކަ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ވަނީ ބަޔާން ކުރައްވާފައެވެ. މިކަމަށް އިޝާރް ކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ﴾‏ (سورة النور19) މަނާއަކީ."ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ." 

ނުބައިކަންކަން ފެތުރިގެން ދިއުމަށް އެކަލާނގެ ލޯބިވޮޑިއެއް ނުގަންނަވައެވެ. އެފަދަ ކަންކަން ފެތުރުމަށް މަސައްކަތް ކުރާ މީހުންނީ މުޖުތަމަޢުގައި ފިތުނަ އުފައްދާ ބައިބައި ކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. އެހެންކަމުން އިސްލާމީ ޝަރިޢަތާއި ޤާނޫނު އަސާސީގެ ތެރެއިން އެމީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ. އެއީ ކަންކުރާ މީހާ އާއި އެކަން ފެތުރުމަށް މަސައްކަތް ކުރާ މީހާ އާއި އެއްފަދަ ވާތީއެވެ.

- ޝައިޚް މޫސާ އަންވަރު ޙަސަން

 

މިއަދު އޮންލައިން