ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަ ކުރާށެވެ! އެއިރުން ﷲ އެންމެންގެ ކުރިމަތީގައި ތިބާ މަތިވެރި ކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަ ކުރާށެވެ! އެއިރުން ﷲ އެންމެންގެ ކުރިމަތީގައި ތިބާ މަތިވެރި ކުރައްވަވާނެ! އިން ޝާ ﷲ

ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަކުރުމަކީ ސުންނަތާއި އެހެންވެސް އަޅުކަން މީސްތަކުންނަށް ޢާންމުކޮށް ނުދައްކައި ގޭގައި ނުވަތަ އެނޫންވެސް ގޮތަކުން ސިއްރިޔާތުގައި ކުރަމުން ގެންދިއުމެވެ. މީސްތަކުންނަށް ޢާންމު ނުކޮށް ސިއްރިޔާތުގައި ޞަދަޤާކުރުން ފަދަ ހެޔޮ އަމަލުތައް ކުރަމުން ގެންދިއުމެވެ.

ގޭގައި ސުންނަތް ނަމާދު ކުރެވެން ނެތް ނަމަ، ނުވަތަ ގެއާއި ދުރުގައި ހުރުމުން ސުންނަތްކުރަން ގެއަށް ދެވެން ނެތް ނަމަ މިސްކިތުގައި ކުރަންވީއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ވިސްނައިލަންވީ ކަމަކީ ދިރިއުޅޭ ގެއަކީ ޤަބުރުސްތާނަކަށް ހަދައި ފަޅުނުކޮށް ސުންނަތާއި އެހެންވެސް އަޅުކަން ކުރުމުން ގޭތެރެ ދިރުވަން އޮތް ބަސްފުޅަށެވެ. ރަސޫލް (ޞޢވ)ގެ ގަނޑުވަރުކޮޅާއި މިސްކިތްކޮޅު އެހައި ކައިރިއިރުވެސް ސުންނަތް ނަމާދުތައް ގޭގައި ކުރެއްވެވީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

އަޅުކަން ކުރަނީ ﷲ ތަޢާލާއަށެވެ! އެއްވެސް ޙާލެއްގައި އެއީ މީސްތަކުންނަށް ދައްކަން ކުރަން އޮތް ކަމެއް ނޫނެވެ. ވީމާ އެހެން މީހުންނަށް ސިއްރުން ހެޔޮ ޢަމަލުތައް ގިނަގުރުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އެންމެ ފައިދާހުރި ގޮތެވެ!

ގޭގައި އަޅުކަންކުރުން، ޛިކުރުކޮށް ކީރިތި ޤުރްއާން ކިޔަވައި ހެދުމަކީ އެކަމުގެ ސަބަބުން ގެއަށް ވަދެވަދައިގަންނަވާ މަލާއިކަތުންގެ އަދަދު އިތުރުވެގެންދާނެ ކަމެކެވެ. އެފަދަ ގެތަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ބަރަކާތާއި ރަޙްމަތް އިތުރުވެގެންދާނެތެވެ! އިން ޝާ ﷲ

އަދި ކީއްހެއްޔެވެ؟ ތިބާ ސިއްރުން ކުރާ އަޅުކަން ގިނަވާނަމަ ތިބާއަށް އެކަމުގެ ފައިދާ ވަރަށް ބޮޑެވެ! އެކަމުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި ﷲ ތަޢާލާ ތިބާގެ ޤަދަރު އުފުއްލަވައި މަތިވެރިކުރައްވަވާނެތެވެ! އިން ޝާ ﷲ

ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ! އެއިގެ މާނައަކީ ފަރުޟު ނަމާދަށް ފިރިހެނުން މިސްކިތަށް ނުދިއުމެއް ނޫނެވެ! ފިރިހެނުން ޖަމާއަތަށް މިސްކިތަށް ދިއުމަކީ ވާޖިބެކެވެ. ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން