އެންމެ ފައިދާހުރި ހެޔޮ އަމަލު އެނގެން އޮއްވާ އެކަންކަން ނުކޮށް އެންމެ ހެޔޮ ޢަމަލު އޮޅުންފިލުވަން އުޅުމުގެ ބޭނަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެންމެ ފައިދާހުރި ހެޔޮ އަމަލު އެނގެން އޮއްވާ އެކަންކަން ނުކޮށް އެންމެ ހެޔޮ ޢަމަލު އޮޅުންފިލުވަން އުޅުމުގެ ބޭނަކީ ކޮބާ؟

ކުރަން އެންމެ ފައިދާހުރި އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާއިމެދު ވަރަށް ގިނަ ބައަކު މިހާރުވެސް ސުވާލުކުރެއެވެ. އެފަދަ މީހުންނަށް ބުނަން އޮތީ އިތުރު ކަންކަން ހޯދަން އުޅުމުގެ ބަދަލުގައި ޙަދީޘްފުޅުތަކުން އެންމެ ފަސޭހައިން ފެންނަން ހުރި ޢަމަލުތައް ކުރަން އަވަހަށް ފަށާށެވެ! 

މިސާލަކަށް ފަރުޟު ނަމާދަށް ރައްކައުތެރިވުމާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ ހެޔޮ އަމަލު ކަމުގައި ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީއިރު ފުރަތަމަ ކަމެއްގެ ގޮތުން އެޙަދީޘްފުޅަށް ޢަމަލުކުރަން ފެށުން ކީއްހެއްޔެވެ؟ 

މިއީ ހަމައެކަނި ޙަދީޘްފުޅެއްވެސް ނޫނެވެ! ﷲ ތަޢާލާގެ އަމުރުފުޅެއްވެސް މެއެވެ. ކީރިތި ޤުރްއާނުން ފެންނަން އޮތް ކަމެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ބޮޑުވެގެންވާ ވާޖިބެކެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

ކޮންމެ މީހަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ޖަމާޢަތުގައި ފަރުޟު ނަމާދުކުރުމަށެވެ. އިޚްލާޞްތެރިކަމާއިއެކު ފަރުޟު ނަމާދުތައް އެނަމާދެއްގެ ވަގުތުގައި އަދާކުރަމުން ދާން ފެށުމުން އެމީހެއްގެ ހިތަށް ހިތްހަމަޖެހުން ލިބެންފަށާނެއެވެ. ކުރިމަތިވާ ތަކްލީފްތަކަށް ކެތްތެރިވުމުގެ ހިތްވަރު ދެއްވަވާނެތެވެ. އެމީހާއަށް އިތުރު ކުރިއެރުން ދެއްވަވާނެތެވެ! 

ވީމާ އެންމެ ހެޔޮކަން ބޮޑު އަޅުކަން ހޯދަން އެންމެ ފުރަތަމަވެސް ކުރަން އޮތް ކަމަކީ ޖަމާޢަތުގައި ފަރުޟު 5 ނަމާދުކުރުމެވެ! 

ހަމަ އެއާއިއެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އަނެއްކަމަކީ ކުރިންވެސް މިބުނި ފަދައިން މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމެވެ. ހަމައެއާއިއެކު އަނބިދަރިންނަށް، ފިރިންނަށް ހެޔޮކޮށް ހިތުމެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. 

ވީމާ އެންމެ ހެޔޮ ޢަމަލުކުރަން އެދޭމީހާ މިކަންކަމަށް ސަމާލުކަންދޭށެވެ. އެކަންކަން ކުރަމުން އިތުރު ކަންކަން ހޯދައިގެން ކުރެވޭތޯ މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން