ތިބާއަކީ ނިކަމެއްޗަކަށް ވީމަ ކުރާ ރަނގަޅު ކަންކަމުގެ އަގު އެހެން މީހުން ވަޒަން ނުކުރާތީ ކަންބޮޑުނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިބާއަކީ ނިކަމެއްޗަކަށް ވީމަ ކުރާ ރަނގަޅު ކަންކަމުގެ އަގު އެހެން މީހުން ވަޒަން ނުކުރާތީ ކަންބޮޑުނުވާށެވެ!

"ތިބާއަކީ ނިކަމެއްޗަކަށް ވީމަ ކުރާ ރަނގަޅު ކަންކަމުގެ އަގު ވަޒަން ނުކުރާތީ ކަންބޮޑުނުވާށެވެ! 

ތިބާ ކުރާ ޢަމަލުތަކުގެ ހިސާބު ބައްލަވައި ސުވަރުގެ ވައްދަވާނެ ﷲ 7 އުޑުމަތިން ތިބާ ކުރާ ކޮންމެ ޢަމަލެއް ބައްލަވައިވޮޑިގެންވެއެވެ! 

ޙައްޤު ޖަޒާ ދެއްވަވާނެކަން ޔަޤީންކޮށް ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ!" 

މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. އެއީ އަހަރެމެންގެ ތެރެއިން ބައެއް މީހުން އެންމެ ބޮޑަށް ދެރަވާ އެއްކަމަކީ އެމީހަކު އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތުގެ އަގު އެހެން މީހުން ވަޒަން ނުކުރުމެވެ. 

ރަނގަޅުވާހަކައެކެވެ. އެމީހަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ކަންކަމުގެ މީހުން ވަޒަންކުރާނަމަ އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހުމާއި ހިތްވަރުވެސް ލިބޭނެއެވެ. ދެން އޮތީ އަގު ވަޒަން ނުކުރުމެވެ. އަގުވަޒަން ނުކުރީމާ ދެރަވެ މާޔޫސްވާނެއެވެ. 

އެޙާލަތުގަ ހިތްމައްޗަށް ގެންނާށެވެ! ތިމާ ކުރާ ކަންކަން މިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބު އެދިގެންނެވެ. ޢާއިލާއަށް ކޮށްދޭ ކަންކަންވެސް އަދި ވަޒީފާގައި ކުރާ ކަންކަން ވެސް ﷲ ތަޢާލާ އަން\ގަވާފައިވާ ގޮތަށް ކުރުމަކީ ޘަވާބު ދެއްވަވާނެ ކަމެކެވެ. ވީމާ އެކަމުގެ އަގު ހަމައެކަކު ވަޒަން ނުކުރިނަމަވެސް ތިބާއަށް އޮތީ ކޮން ދެރައެއް ހެއްޔެވެ؟ 

މިބަޔާންކުރި ވިސްނުމުގައި މިބަޔާންކުރި މަގުން ކަންކަންކުރާމީހާއަށް އަބަދުވެސް ކުރެވޭނީ އަޅުކަމެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކޮންމެ ކަމެއް ކުރުމަކީވެސް އަޅުކަމަށްވާތީއެވެ. އެކަމަކަށް ޘަވާބު ދެއްވަވާނެތީއެވެ.

 

މިއަދު އޮންލައިން