ނަމަނަމަ ތިބާ ހެޔޮ އަމަލުކުރާތީ ފުރައްސާރަކުރާ މީހުންނަށް ޖެހިލުންނުވާތި! އެމީހުންނަށް ޤިޔާމަތް ދުވަހު ތިބާ ފެންނަ ހަމައަށްވެސް ނާދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނަމަނަމަ ތިބާ ހެޔޮ އަމަލުކުރާތީ ފުރައްސާރަކުރާ މީހުންނަށް ޖެހިލުންނުވާތި! އެމީހުންނަށް ޤިޔާމަތް ދުވަހު ތިބާ ފެންނަ ހަމައަށްވެސް ނާދެވޭނެ!

މިއަދު މިއީ ބޮޑުވެއްޖެ ކަމެކެވެ. އެންމެ ގާތް އެކުވެރިން ކަމުގައި ބެލެވޭ ބައެއް މީހުންނަކީވެސް ހަމައެކަނި ދީނުގެ ވާހަކަ ދުލުން ދައްކާ ބައެކެވެ. ޢަމަލުކުރާ ބައެއް ނޫނެވެ. އަދި އެހްން މީހުން ޢަމަލުކުރާނަމަ ފުރައްސާރަވެސް ކުރެއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވުމަށް މަސައްކަތްކުރާ ނަމަ އެމީހަކާއި ދިމާއަށް ވަރަށް ގިނަ ބާވަތުގެ މިސައިލްތައް ފޮނުވާނެއެވެ. ވަރުގަދަ ހަމަލާތައް ދޭން މަސައްކަތްކުރާނެއެވެ. އެމީހުންގެ ބިރު ދެއްކުންތަކަށް ފަސް ނުޖެހިއްޖެނަމަ ފުރާނައަށް ވެސް ނުރައްކާ ކޮށްފާނެއެވެ. 

މުސްލިމުން އަބަދުވެސް ތިބެނީ މިބުނި ކަންކަމަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. ފުލުފުލުގައި މިސައިލްތައް ފޮނުވި ނަމަވެސް ހަމަ އަޅައިވެސް ނުލާނެއެވެ! ފުރިހަމަ މުސްލިމަކު ނަމަ ފަސް އެނބުރި ބަލައިވެސް ނުލާނެއެވެ. 

ވީމާ ތިބާ ހެޔޮ އަމަލެއް ކުރުމުން އެކަމާއިމެދު ރުޅި އައިސް ނަފްރަތުކުރީ ކިތައް މީހުން ކަމާއިމެދު ކަންބޮޑުނުވާށެވެ! އެ ޢަމަލުގެ ސަބަބުން ތިބާ ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާއިރު އެކަން ބަލަހައްޓަން ތިބޭނީ އެމީހުންނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މަޙްޝަރުގެ މައިދާނުގައި އެމީހުންނަށް ތިބާ އާއި ހަމައަށް ވެސް ނާދެވޭނެއެވެ! 

އެމީހުން މަޙްޝަރުކުރައްވަވާފައި ތިބޭނީ އެމީހުން ފަދައިން ނުބައި އަމަލުތައް ކޮށް އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރި މީހުންނާއިއެކުގައެވެ. ވީމާ ކޮންމެވެސް ސަބަބެއް އޮތުމުން ﷲ ތަޢާލާ ފެންނާނެ ގޮތް މިންވަރު ނުކުރައްވަވައިފިނަމަ އެމީހުންނަށް ތިބާ ނުވެސް ފެންނާނެއެވެ! 

ނަމަވެސް ތިބާގެ ޙިމާޔަތުގައި ތިބާގެ ވަށައިގެން ރަހްމަތުގެ މަލާއިކަތުން ތިއްބަވާނެތެ! ވީމާ އެއްވެސް މީހަކު ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކޮމެންޓަކަށް ހަމަ އަޅައިވެސް ނުލާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ދުނިޔެ އާއި އާޚީރަތުގެ ބާއްޖެވެރިންނަކީ އެއީ އެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން