މިއަދުގެ ޙާލަތުގައި ހަމައެކަނި ދަރިންނަށްޓަކައި ހެޔޮދުޢާކޮށްގެން ފުދޭކަށް ނެތެވެ. އެންމެ ބޮޑު ސަބަބީ ތިމާމެންގެ އަމިއްލަ ދަރިން އެމީހުންގެ ދަރިންނަށްޓަކައި ދުޢާކުރާކަމުގެ ޔަޤީންކަން ނެތުމެވެ. ޒަމާނަށް ގެއްލިފައިވާވަރުން ނަމާދުކުރާ ދަރިންވެސް މަދުވުމެވެ.
"ޔާ ﷲ! އަޅަމެންގެ ދަރިންނަކީ ނަމާދުކުރާ ތަޤްވާވެރިންކަމުގައި ލައްވަވާނދޭވެ! އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިންނަކީ ވެސް ތަޤްވާވެރި ބައަކު ކަމުގައި މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިން އިނބަ ﷲ ގެ މަގުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަން އަޅަމެންގެ ދަރިންނަށް ދެއްވަވާނދޭވެ! އާމީން"