"ހުވަނދުލައިގެން ހިލޭ ފިރިހެނުންނަށް ވަސްދައްކަމުން ހިނގުމަކީ ޒިނޭއެއް" ކަން އެނގިގެންދަނީ މި ޙަދީޘްފުޅުންނެވެ.
أَخْبَرَنَا إِسْمَاعِيلُ بْنُ مَسْعُودٍ، قَالَ حَدَّثَنَا خَالِدٌ، قَالَ حَدَّثَنَا ثَابِتٌ، - وَهُوَ ابْنُ عُمَارَةَ - عَنْ غُنَيْمِ بْنِ قَيْسٍ، عَنِ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ " .
It was narrated that Al-Ash'ari said:
"The Messenger of Allah [SAW] said: 'Any woman who puts on perfume then passes by people so that they can smell her fragrance then she is an adulteress.'"
އިތުރަށް ޔަޤީންކުރައްވަން:
https://sunnah.com/nasai/48/87
މި ޙަދީޘްފުޅާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ.
"އިސްލާމް ދީނުގައި އަންހެން ބޭކަނބަލުންނަށް ދެއްވާފައިވަނީ އެންމެ މަތިވެރި މަޤާމެވެ. އެހެންކަމުން އެކަނބަލުންގެ ގައިން ދުވާ ވަސްވެސް އެއީ އެންމެންނަށް ބަހަން ހުއްދަ އޮތް އެއްޗެއް ނޫނެވެ. އެކަންވެސް ޚާއްޞަވެގެންވަނީ އެކަނބަލުންގެ ފިރިންނެވެ.
ބައްލަވާށެވެ! ދަނޑުގައި ގޮވާންކުކުރާއިރު އެމީހެއްގެ ބޮޑުމިން ވަކިކުރަން ދައު ޖަހައި އިން ވަކިކުރަނީ އެމީހެއްގެ ދަނޑުގައި ގޮވާންކުރަނީ އެމީހަކުކަން ކަށަވަރުކުރުމަށެވެ. އަދި ގޮވާން އެޅުމުން އެމީހެއްގެ ދަނޑުން ގޮވާން ކެނޑުމަކީވެސް ހަމަ އެމިހެއްގެ މަސްއޫލިއްޔަތެކެވެ. އިންވަކިކުރަނީ އެހެންމީހުން އޭނާގެ ދަނޑުން ގޮވާން ކަނޑައިގެްނ ނުވާނެކަން އެންގުމަށެވެ."
ﷲ ތަޢާލާ އިސްލާމް ދީނުގައި ކަމެއް ބަޔާން ކުރެއްވެވުމުން އެއަށް އިންކާރެއް ނުކުރެވޭނެއެވެ. ރަސޫލް (ﷺ) ގރ ކޮންމެހަދީޘްފުޅަކީ އިލާހީ ބަސްފުޅެއްކަން ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. ވީމާ އާޚީރަތް ކާމިޔާބުކުރަން އެދޭ ކޮންމެ މީހަކަށްވެސް އޮތީ ހަދީޘްފުޅުތަކަށް ޢަމަލުކުރުމެވެ.
ރަސޫލް (ﷺ) އަކީ އަނqހެނުންގެ ޤަދަރު އުފުއްލެވުމުގައި ދުނިޔެ ދެކެފައިވާ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަން އެހެން ވެގެން އެދިއައީ ލިބިވަޑައިގަންނަވަމުން ދިއަ އިލާހީ އިރުޝާދުތަކުގެ ސަބަބުންނެވެ. ވީމާ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތް ދީނީ ޢިލްމުވެރިން ހާމަކޮށްދެއްވެވުމުން ބަލައިގަންނާށެވެ! ޢަމަލުކުރާށެވެ! އެކަމުގެ ފައިދާ ލިބިގަންނާށެވެ!
މިއަދުނޫހުގެ ބަހެއް:
މިއަދުނޫހުގައި މިއަދު ޝާއިޢުކުރެވޭ ލިޔުންތަކުގައި އަންހެނުން ގެއިން ބޭރަށްދާއިރު ހިލޭ ފިރިހެނުންނަށް ވަސްދުވާވަރަށް ހުވަނދުލުމާއި ބެހޭގޮތުން ތަފާތު 3 ލިޔުމެއް އެކުއެކުގައި މިގެނެސްދިނީ ވަރަށް ޚާއްޞަ ބޭނުމެއް އެކަމުގައި އޮތުމުންނެވެ. އެއީ އެކަމަކީ ނުބައިކަމެއްކަމަށް ޤަބޫލުކުރަންވެސް ބައެއް މީހުންނަށް އުނދަގޫވާތީ ޙުކުމްތައް ސާފުކޮށްދިނުމުންވެސް ޙަޤީޤަތް ޤަބޫލުކުރެވިދާނެކަމަށް އުންމީދުކުރެވޭތީއެވެ!
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ޤުރްއާނާއި ޙަދީޘްފުޅުތަކަށް ޢަމަލުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ! އާމީން