ޙަޤީޤީ ޙާދިސާ: މިބާވަތުގެ ދަރިން ވިހައިދޭ އަންހެނުން ވަރަށް ގިނަވެއްޖެ! ސަމާލުވެލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޙަޤީޤީ ޙާދިސާ: މިބާވަތުގެ ދަރިން ވިހައިދޭ އަންހެނުން ވަރަށް ގިނަވެއްޖެ! ސަމާލުވެލައްވާ!

ކައިވެނިކޮށް އަހަރެމެން ދެމަފިރިން ވެސް ދިރިއުޅެމުން ދިއައީ ހަމަ ވަރަށް އުފަލުގައެވެ. ނަމަވެސް ކައިވެންޏަށް 6 އަހަރުފުރުނުއިރުވެސް ގަހުގައި މޭވާ ނޭޅުންވީ ވަރަށް ބޮޑު މައްސަލައަކަށެވެ. ފިރިމީހާވެސް އަހަރެންވެސް ދަރިން ބޭނުންވެއެވެ. ނަމަވެސް ނުލިބުނީއެވެ. 

ފިރިމީހާ ގާތުގައި ބުނެގެން ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން ބުނީ ދެމަފިރިންގެ ތެރެއިން އެކެއްގެ މައްސަލަ އެބަހުރިކަމަށާއި އެއީ ކާކުކަން ދެނެގަންނަން އިތުރު ޓެސްޓްތައް ހަދަންޖެހޭނެ ކަމަށެވެ. ފިރިމީހާ އެކަމަށް އިންކާރުކުރިއެވެ. އަދި މައްސަލަ ހުރި މީހަކީ އަހަރެން ކަމަށް ނިންމިއެވެ. 

ދާދިއަވަހަށް ދެވަނަ އަންތބަކު ހޯދިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ބަލިވެ އިނދެއްޖެއެވެ. ބަލިވެއިނުމުން އޭނާގެ ހިތުގައި ނުޖައްސައި ގެންގުޅުމުގެ ބޭނުމުގައި އަހަރެން ވަރިކޮށް ގެއިން ބޭރުކޮށް ފޮނުވައިލިއެވެ. 

ޢިއްދަ ހަމަވުމުން ދެވަނަ ކައިވެނިކުރިތަނާ އަހަރެން ބަލިވެއިނދެއްޖެއެވެ. ބަނޑަށް 8 މަހުގައި ދަރިފުޅަށް ބޭނުންވާ ބައެއް އެއްޗެތި ގަންނަން ނުކުމެ އުޅުމުގެ ތެރޭގައި ކުރީގެ ފިރިމީހާ އާއި ބައްދަލުވިއެވެ. އަހަރެންގެ ބަނޑު ފެނުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. އެހެންވެ އަހަރެންނަކީ ކާކުކަން ޔަޤީންކުރަން ކުޑައިރުކޮޅަކު ބަލަހައްޓައިގެންވެސް ހުއްޓެވެ. 

އަހަރެން ބަލިވެ އިނީ ކިހިނަކުންތޯ ސުވާލުކުރީމާ ބުނީމެވެ. "ކައިވެނިކޮށްގެން ފުރަތަމަވެސް ދިއައީ ބެންކޮކަށެވެ. ގޮސް ކުރި ޓޭސްޓްތަކުން އެނގުނީ އަހަރެންނަށް ދަރިން ނުލިބެންވީ އެއްވެސް މައްސަލައެއް ނެތްކަމެވެ. ކޮންމެއަކަސް މިހާރު އަހަރެންގެ ބަނޑަށް 8 މަހެވެ." އެހެން ބުނެފައި އަހަރެމެން ދެމަފިރިން ދިއައީއެވެ. 

އޭނާ، އޭނާގެ އަނބިމީހާއަށް ސިއްރުން ދަރިފުޅުގެ ޑީއެންއޭ ހެދުމުން އެނގުނީ އެދަރިފުޅަކީ އޭނާގެ ދަރިއެއް ނޫންކަމެވެ. ދެން ހެދި ޓެސްޓްތަކުން އެނގުނީ އޭނާއަށް ދުވަހަކުވެސް ދަރިއެއް ނުލިބޭނެ ކަމެވެ. އެހިސާބުން ކައިވެނި ރޫޅައިލިއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތެދުވެރިކަމުގައި އިންދާ އަހަރެން ނިކަމެތިކޮށްލައި ވަރިކޮށްލުން ވެގެންދިއައީ އަހަރެންނަށް ދަރިއަކުލިބި އަދި އުފާވެރި ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބު ކަމަށެވެ. ފިރިމީހާ އަހަރެންނަށް އަނިޔާވެރިވުން ވެގެންދިއައީ އޭނާއަށް ފުން ހިތާމަތަކެއް ލިބެން މެދުވެރިވި ސަބަބަށެވެ. އެއީ އަނބިމީހާ ޚިޔާނާތްތެރިވީކަމަށް އަމިއްލައަށް އެއްބަސްވީތީއެވެ! އެންމެ ބޮޑަށް ޙައިރާންވީ އޭނާއަކީވެސް އަންހެނަކަށްވެ ހުރެ އެވަރުގެ ބޮޑު ނުބައިކަމެއް ކުރީ އަހަރެން ވަރިކުރުވާފައި ފޮނުވާލުމުގެ ބޭނުމުގައިކަމަށް އަމިއްލައަށް ބުނީތީއެވެ. ފިރިމީހާގެ ތަނަވަސްކަމަށް އެކުގައި އަތްގަދަކޮށްލުމުގެ ބޭނުމުގައެވެ. 

އެހެންވީމާ ދަރިއަކު ނުލިބުން ބަހަނާއަކަށް ހަދައި ހެޔޮލަފާ އަނބިންނަށް އަނިޔާވެރިނުވާށެވެ. އަނިޔާވެރިވިކަމަށް މިބުނަނީ 2 އަންތބަށް ކައިވެނިކުރީތީއެއް ނޫނެވެ. ވަރިކޮށްފައި އަހަރެން ފޮނުވައިލުމެވެ.

 

ކުރުނަމަވެސް އަޅުގަނޑުގެ މިވާހަކަ ގިނަބައަކަށް ފލާވަޅަކަށްވެ ފައިދާތަކެއް ޙާޞިލުވާނެ ކަމަށާއި މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.

 

--އިކްލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން