އެންމެ ބޮޑު ބުއްދިވެރިއަކީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އެންމެ ބޮޑު ބުއްދިވެރިއަކީ ކާކު؟

އެންމެ ބޮޑު ބުއްދިވެރިއަކީ ކާކުކަން ބަޔާންކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

"އެންމެ ބޮޑު ބުއްދިވެރިއަކީ އެހެން މީހުން އެމީހާގެ މައްޗަށް ނަމާދު ކުރުމުގެ ކުރިން އަމިއްލައަށް ނަމާދުކުރަން ފަށާ މީހާއެވެ. އެހެން މީހުން އެމީހާގެ މައްޗަށް ކުރާ ނަމާދުގެ ފައިދާ ވެސް ލިބުން އޮތީ އެއިރުންނެވެ." 

އެންމެންނަށްވެސް އެނގޭނެ ފަދައިން މީހެއްގެ މައްޗަށް ކަށުނަމާދުކުރެވޭނީ އެމީހަކު މަރުވުމުންނެވެ. މިބަސްފުޅުގެ މާނައަކީ އާޚިރަތް ލިބުން އޮތީ އެމީހާގެ މައްޗަށް ކަށުނަމާދު ކުރެވުމުގެ ( އެބަހީ މަރުވުމުގެ) ކުރިން ތައުބާވެ ނަމާދުކުރަންފަށާ މީހުންނަށެވެ! 

އަބަދުވެސް ބުނާފަދައިން ތައުބާވުން ފަސްނުކުރާށެވެ! ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ! ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރަމުން ގެންދާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން