1 ވަނަ އުޑުގެ ބޮޑުމިނާއި ލޮލަށް ފެންނަ މިންވަރު ހިތަށް ގެނެވުނަސް ސިކުނޑި މޮޔަވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
1 ވަނަ އުޑުގެ ބޮޑުމިނާއި ލޮލަށް ފެންނަ މިންވަރު ހިތަށް ގެނެވުނަސް ސިކުނޑި މޮޔަވެދާނެ!

ﷲ ތަޢާލާގެ ކުލަދުންވަންތަކަމާއިމެދު އެންމެ ގިނަ މައުލޫމާތު ލިބެމުން މިދަނީ ސައިންސްގެ ހޯދުންތަކުންނެވެ. ސައިންސްވެރިންނަށް ﷲ ތަޢާލާ ދެއްވަވާ ޢިލްމުންނެވެ. ހަމައެކަނި މިކަންކަމަށް ނިކަން ވިސްނައިލަބަލާށެވެ! 

އިރުގެ މޫނުމަތި ފުރާލަން 1.3 މިލިއަން ދުނިޔެ ބޭނުންވެއެވެ. އިރަކީވެސް ހަމަ އެންމެ "ތަރި" އެކެވެ. ގެލެކްސީގައި އެތައް މިލިއަން މިލިއަން ތަރިތައް ވެއެވެ. ކައުނުގައި އެތައް ޒިލިއަން ގެލެކްސީތަކެއް ވެއެވެ. 

މިހުރިހާ ތަކެއްޗެއް ދައުރުކުރެއެވެ. ހުއްޓި ހުންނަނީއެއް ނޫނެވެ. ނަމަވެސް އެކްސިޑެންޓެއް ނުވެއެވެ!

ﷲ ތައާލާ 7 އުޑު އުފައްދަވާފައިވާއިރު މިހުރިހާ ތަކެތި ވަނީ ހަމައެކަނި އެންމެ ތިރީ އުޑުގައެވެ. ދެންހުރި އުޑުތަކާއި އެތަންތަނުގެ ބޮޑުމިނަށް ނިކަން ވިސްނައިލަބަލާށެވެ! އެ އުޑުތަކުގައި ވާނެ ކަންތައްތަކަށް ނިކަން ވިސްނައިލަބަލާށެވެ! 

ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކި ކަމުގައި މިކަންކަން ނުވަނީ ހެއްޔެވެ؟ ވިސްނައި ފިކުރުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން