ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ޤަރާރަށް ވޯޓު ނުނެގުމަކީ މައްސަލަ ދިގުލައިދެމިގެންދާނެ ކަމެއް! އެމްޑީޕީގެ ނިންމުން ސާފުވާން އެބަޖެހޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ޤަރާރަށް ވޯޓު ނުނެގުމަކީ މައްސަލަ ދިގުލައިދެމިގެންދާނެ ކަމެއް! އެމްޑީޕީގެ ނިންމުން ސާފުވާން އެބަޖެހޭ!

ރާއްޖޭގައިވެރިކަންކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ހުށަހަޅާފައިވާ ޤަރާރަށް ވޯޓު ނުނަގައި އަނބުރާ ގެންދާކަމުގެ ވާހަކަތަކެއް ފެތުރެމުންދާއިރު އަދި މިހައިތަނަށް އެކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. 

ގިނަ ބައަކު ދެކޭ ގޮތުގައި ޤަރާރަށް ވޯޓަށް ނާހައި އަނބުރާ ގެންދިއުމަކީ ޙައްލެއް ނޫނެވެ. މިޙާލަތުގަ އެންމެ ރަނގަޅު ގޮތަކީ އެކަމުގައި އެމްޑީޕީގެ ނިންމުން ސާފުވުމެވެ. ނޫންނަމަ "ގޭސްގަނޑު އެނބުރުން" ނިމުމަކަށް ނުއަންނާނެއެވެ. މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސައިގެން ނޫނީ ކޯޅުންގަނޑު ނިމުމަކަށް ނުއަންނާނެއެވެ. ކޮޅެއްގައި ޖެހޭނީ އެމްޑީޕީގެ ވިސްނުން އޮތް ގޮތެއް ސާފުވެގެންނެވެ. 

ޤަރާރު އަނބުރާ ގެންދަން ނިންމިކަމުގެ އަޑުތައް ފެތުރެމުންދަނީ މެންބަރުންގެ ތާއީދު ނެތިގެން ކަމަށް އެމްޑީޕީގެ އިސް ބައެއް މެންބަރުން ބުނެއެވެ. އެހެންކަމަށްވާނަމަ އެކަންވެސް އެނގިގެން ނޫނީ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށްވެސް ގިނަ ބައަކު ދެކެއެވެ.

މިއަދު އޮންލައިން