ކޮންމެ އަހަރަކަށް ބެލިނަމަވެސް ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ އާއިމެދު މާޔޫސްވެގެން އެތައް ހާސް ބައަކު އަމިއްލައަށް މަރުވެއެވެ. ބޭވަފާތެރިވުމުން، އަނިޔާވެރިވުމުން ފަދަ މައްސލަތަކާއި ގުޅިގެންނެވެ.
މިކަން ހަމައެކަނި ދުނިޔަވީ ގޮތުން ބަލައިލަމާ ހިނގާށެވެ! ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ބޭވަފާތެރިވީއެވެ. އެހެން ލޯބިވެރިއަކު ނުވަތަ ބައިވެރިއަކު ހޯދީއެވެ. ފަހުން ކޮންމެ ގޮތަކަށް ކަންކަން މެދުވެރިވިނަމަވެސް އެވަގުތު އޭނާ ހުންނާނީ އުފާވެރިކަމުގައެވެ.
މާޔޫސްކަން ލިބުނު މީހާއަށް މާޔޫސްކަން އިތުރުވާވަރަކަށް އޭނާ އުފާކުރާނެއެވެ. އަދި އަމިއްލައަށް މަރުވެއްޖެނަމަ އޭނާ ދެކޭނީ އެމީހެއްގެ ކިބައިން އެކުގައި މިނިވަންވެވުނީކަމަށެވެ. އެހެންކަމުން ހިތުގައި ޖައްސުވަން ބޭނުންމީހާ އަމިއްލައަށް މަރުވުމަކީ ޢޭނާއަށް ލިބޭނެ އެންމެ ބޮޑުއުފާވެރިކަމެވެ.
ނިކަން ބުނެބަލާށެވެ! ތިބާ ބޭނުންވަނީ އެ ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާއަށް ދީފައި އެންމެ ނިކަމެތި ގޮތް އަމިއްލައަށް ލިބިގަންނަންހެއްޔެވެ؟ އެއީ ހަމައެކަކުވެސް ބޭނުންވާނެ ގޮތެއް ނޫނެވެ. އަމިއްލައަށް އެމަރުވަނީ މިވިސްނުމުގައި ވިސްނައިވެސް ނުލެވޭތީއެވެ.
ތިބާއަށް ދެރަދިން މީހާގެ ކިބައިން ބަދަލުހިފަން ބޭނުންނަމަ އެކަންކުރަންވީ އޭނާއާއި ނުވެސް ބެހި އަދި އަންގައިވެސް ނުލައެވެ. އެގޮތަށް އެކަންކުރަން ކުރަންޖެހޭނެ ކަމަކީ އަނިޔާވެރިވި ނުވަތަ ބޭވަފާތެރިވި މީހާއާއިއެކު އުޅުނު ދިރިއުޅުމަށްވުރެ މާއުފާވެރި ދިރިއުޅޭތަން އޭނާއަށް ދައްކައިލަންވީއެވެ. އެއަށްވުރެ ބޮޑު ހިތްދަތިކަމެއް އޭނާއަކަށް ނުދެވޭނެއެވެ.
އޭނާ ތިބާއަށް ބޭވަފާތެރިވީއެވެ. ތިބާ ދެރަކޮށްލީއެވެ. އޭނާއަށް ދައްކައިލަންވީ އޭނާގެ މަޤްޞަދު ކާމިޔާބުނުކުރެވުނު ކަމެވެ. އޭނާ އާއި ނުލައި ތިބާ އުޅެނީ މާއުފަލުގައިކަމެވެ.
އަހުރެން މިވާހަކަތައް މިގޮތަށް ވަރަށް ގިނަ އޯޑިއަންސްތަކުގައި ދައްކައިފީމެވެ. މިދައްކާ ވާހަކައަކީ ކަމުގެ ޙަޤީޤަތް ކަމަށް ޤަބޫލުނުކުރާ މީހަކާއި ބައްދަލެއް ނުވެއެވެ. އަދި ޢަމަލުން ތަންފީޒުކުރެވިއްޖެނަމަ އުފާވެރިކަމާއި ހިތްހަމަނުޖެހޭ މީހަކާއިވެސް ބައްދަލެއް ނުވެއެވެ. ތިއަބައިމީހުންވެސް ނިކަން މިކަންކަމަށް ވިސްނައިލަބަލާށެވެ! ހިތްވަރުލިބިގެންދާނެއެވެ! އިން ޝާ ﷲ
ޑރ. ޔޫސުފް އަލްބާނީ