އެތައް ބައަކަށް އެކުގަ އެއްފަހަރާ ކުރިމަތިލާންޖެހޭ ކާރިސާތަކުގަ އެއްބައަކު މަރުވާއިރު އަނެއްބައަކު ސަލާމަތްވުން- ޢިބްރަތްތެރި ފިލާޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެތައް ބައަކަށް އެކުގަ އެއްފަހަރާ ކުރިމަތިލާންޖެހޭ ކާރިސާތަކުގަ އެއްބައަކު މަރުވާއިރު އަނެއްބައަކު ސަލާމަތްވުން- ޢިބްރަތްތެރި ފިލާޅެއް!

ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ވިސްނާށެވެ! މިސާލަކަށް ބުނާ ނަމަ ޢިމާރާތެއްގައި އަލިފާން ރޯވެ އަނދައިގެންދާއިރު އެތައް ބައަކު މަރުވި ނަމަވެސް ސަލާމަތްކުރައްވަވަންހުރި އަޅަކު ސަލާމަތްކުރައްވަވައެވެ. ޢިމާރާތެއް ވެއްޓޭތާ އެތައް ދުވަހެއް ފަހުން އިމާރާތުގެ ފާރުތަކުގެ ދަށުން ދިރިތިއްބައި އެބަ ސަލާމަތްކުރެވެއެވެ. އުލަނދުފަހަރު ފެތި އެތައް ބައަކު ކަނޑުވެ މަރުވާއިރު އެތައް ބައަކު ސަލާމަތްވެސް އެބަ ކުރައްވަވައެވެ. 

މިފަދަ ކޮންމެ ކަމަކުންވެސް އެނގިގެންދަނީ ﷲ ތަޢާލާ ސަލާމަތްކުރައްވަވަން އިރާދައިގައި ހުރި އަޅަކު ސަލާމަތްކުރައްވަވާނެ ކަމެވެ. ޙިމާޔަތް ކުރައްވަވާނެ ކަމެވެ.  

މުސްލިމުންގެ ގޮތަކަށްވާން ޖެހޭނީ މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ ކެތްތެރިވާން މަސައްކަތްކުރުމެވެ. އެހެނީ މުޞީބާތަށް ކެތްތެރިވުމަކީ ވެސް ޖިހާދެކެވެ. އެ ޖިހާދު ފުރިހަމަ ގޮތުގައި ކުރެވިއްޖެ ނަމަ ފައިދާ ކުރާނެއެވެ! އިން ޝާ ﷲ 

އެއްވެސް މުޞީބާތެއް ތިމާއަށް ކުރިމަތިކުރައްވަވައިފާނެ ކަމަށް އުންމީދު ނުކުރާށެވެ! އުންމީދުކުރަންވާނީ މުޞީބާތްތަކުން ތިމާ ސަލާމަތްކުރައްވަވާނެ ކަމަށެވެ. ދުޢާކުރަންވާނީ ވެސް މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. މުޞީބާތް ކުރިމަތި ނުކުރެއްވެވުން އެދިއެވެ. 

ދުޢާ ކުރަމުން ދަނިކޮށް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އޮތީ އެއީ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށް ދެކެ އެކަން ބަލައިގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން