ފާފަކުރުމުން އަތްދޮވެލައި ހިތާ ނަފްސް ދޮވެ ސާފުނުކޮށް ހަމައެކަނި އަތްދޮވެގެންކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ފާފަކުރުމުން އަތްދޮވެލައި ހިތާ ނަފްސް ދޮވެ ސާފުނުކޮށް ހަމައެކަނި އަތްދޮވެގެންކުރާނެ ފައިދާއެއް ނެތް!

ކުރާ މަސައްކަތެއްގެ ގޮތުން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް އަތްހަޑިވެއްޖެނަމަ ސައިބޯންޏާއި އެންޓިސެޕްޓިކް ފަދަތަކެތި ލައިގެން އަތް ދޮވުމަށް އަވަސްވެގަންނަމުއެވެ. ކޮރޯނާ ފެތުރުނުފަހުން ތަނެއްގައި އަތްލެވުނު ނަމަވެސް އަތްދޮންނަން މިތިބީ އާދަވެފައެވެ.

ބަލިތަކުން ސަލާމަތްވުމަށް ސައިބޯންނާއި އެންޓިސެޕްޓިކް ލައިގެން އަތް ދޮވުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެކެވެ. ބައކަށް މިއަދު މިއަދު މިކަންކަމުގެ މުހިންމުކަން އެނގުނު ނަމަވެސް އިސްލާމް ދީން ވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން މިކަންކަން ބަޔާންކޮށްދީފައެވެ.

މުސްލިމުން ވިސްނައިލަންވީ އެންޓިބައޮޓިކް ހިމެނޭ ސައިބޯނި ފަދަ ތަކެތި ލައިގެން އަތްދޮވުމަކުން މައްސަލަ ހައްލުނުވާނެ ކަމެވެ. ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ކުރެވެމުންދާ ފާފަތައް ކުރުން ހުއްޓާލައި ފާފަތައް ކުރުމުން އަތްދޮވެލަން ޖެހޭކަމެވެ.

ވީމާ ފުރަތަމަ ކަމަކަށް ހިތާއި ނަފްސް ޠޯހިރުކުރާށެވެ. ހިތާއި ނަފްސް ޠޯހިރުކޮށް ފާފަކުރުމުން ސަލާމަތްވެ ހުންނަން މަސައްކަތްކުރާށެވެ. މިހިސާބުން ސުވާލެއްވެސް ކޮށްލާނަމެވެ.

މީހަކު މަރުވުމުން ސަހަރާޢަށް ގޮސް ޖަނާޒާގައި ބައިވެރިވެ 3 މުށްވެލި އުކުމަށްފަހު އެނބުރި އަންނަނީ އަތްދޮވެގެންނެވެ. އެކަން ނުކުރަން ބުނަނީއެއް ނޫނެވެ. ހެދުމުގައި އަތްލެވޭ ގޮތަކުން ކިލާ އުނގުޅިދާނެ ކަމަށްޓަކައިވެސް އެއީ ކުރަން ހަމަ ރަނގަޅު ކަމެކެވެ. ސުވާލަކީ އެޖަނާޒާގެ ސަބަބުން ތިބާގެ ހިތަށް ބިރުވެރިކަން ވަންހެއްޔެވެ؟ އިތުރު ފާފައެއް ނުކުރުމަށް ޢަޒުމް ކަނޑައަޅައި ހިތާއި ނަފްސް ޠޯހިރުކުރަން މަސައްކަތްކުރަން ޢަޒުމްކަނޑައެޅުނު ހެއްޔެވެ؟

އަޅުގަނޑަކީ މާބޮޑު ދީނީ ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް މިއަދުނޫހުގައި ލިޔާ ދީނީ ލިޔުންތައް ވަރަށް ޤަވާއިދުކޮށް ކޮންމެ ދުވަހަކު ކިޔާމީހަކީމެވެ. އެހެންވެ ހިތުގައި އުފެދޭ ބައެއް ކަންކަން ފާހަގަކޮށްލީއެވެ.

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން